March 15, 2026
Advertisement
-
- / ޕޮލިސް މީޑިޔާ

ރޭޕް ކޭސްއާއި ޕީއެންސީ މެންބަރުންތަކަކާއި ގުޅުމެއްވާ ކަމުގެ އަޑުތަކެއް ފެތުރިއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 19, 2025, 06:35 PM
މާލެ ސިޓީ

14 ނޮވެމްބަރު 2025 ދުވަހުގެ ރޭ މާލޭގައި ހިނގާދިޔަ ރޭޕް ކޭހަކާއި ޕީއެންސީ އަށް ނިސްބަތްވާ މެންބަރުންތަކަކާއި ގުޅުމެއްވާ ކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

Advertisement

ސޯޝަލް މީޑިއާ އެކްޓިވިސްޓް ހަސަން ކުރުސީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންތަކެއްގެ ފޮޓޯ ހިއްސާކޮށް ބުނެފައިވަނީ މި ހާދިސާއަށްފަހު 15 ނޮވެމްބަރު ވަނަ ދުވަހުގެ ރޭ މި މެންބަރުން ވިކްޓިމްއާއި ވަކިން ބައްދަލުކޮށްފައިވާ ކަމަށެވެ.

ޕީއެންސީއިން ބޭއްވި ބޮޑު އެއްވުމުގެ ތެރޭގައި އަންހެންކުއްޖަކަށް "އެއްޗެއް ބޯންދީ" ޖަލްސާއަށް ފަހު ގޭންގް ރޭޕްކޮށްފައިވާ ކަމުގެ ވާހަކަތައް މުޅި ސޯޝަލް މީޑިއާ ތެރޭގައި އަންނަނީ ދައްކަމުންނެވެ.

މީގެ އިތުރުން، ވިކްޓިމްއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ރައީސްގެ ދެކަނބަލުން ސީދާ އެ ކުއްޖާއާއި ބައްދަލުކުރަން ދިޔަ ކަމަށް އައިޖީއެމްއެޗްގެ މެޑިކޯސް ވައިބާ ގްރޫޕްގައި ދައްކާފައިވާ ސްކްރީންޝޮޓްތަކެއްވެސް ވަނީ އާންމުވެފައެވެ.

ވެރިކަން ކުރާ ޕީއެންސީއާއި މި ހާދިސާއާއި ގުޅުން އޮތް ކަމަށް ގިނަ ތުހުމަތުތަކެއް ކުރެވެމުންދާތީ މި މައްސަލަ އޮއްބާލުމަށް ކަމާއި ބެހޭ އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ކުރުސީގެ ޕޯސްޓްތަކުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ސަރުކާރުން، އަދި ޕީއެންސީއިންވެސް އެއްވެސް އެއްޗެއް ރަސްމީކޮށް ބުނެފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved