theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
ޝައިޚު ފަޒްލޫނު ވިދާޅުވީ މިއީ ވާނުވާ ސަރުކާރެއް ކަމަށް!
Mariyam Isaadha
މަރިޔަމް އިސާދާ
19 ނޮވެމްބަރު 2025
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ވާނުވާ ސަރުކާރެއްގެ ގޮތުގައި ދީނީ އިލްމުވެރިޔާ އައްޝައިޚު ފަޒްލޫން ބިން މުހައްމަދު ސިފަކުރައްވައިފިއެވެ.

މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ޝައިޚު ވަނީ ދާދި ފަހުން މީހަކު ކުރި ސުވާލެއް ހިއްސާކުރައްވާފައެވެ. އެގޮތުން ބޭންކު އޮފް މޯލްޑީވްސްއިން ދޫކުރާ ރިބާ ހިމެނޭ ލޯނެއްގައި ސޮއިކުރުމާ ގުޅޭ ހުކުމާ މެދު މީހަކު ކުރި ސުވާލެއް ހިއްސާ ކުރައްވާ ޝައިޚު ވިދާޅުވެފައިވަނީ އެ ލޯނަކީ އޭނާ ސޮއިކުރި ނަމަވެސް އޭނާ އެ ލޯނު އަދާކުރަން ޖެހޭ ލޯނެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ.

އެގޮތުން އެ ލޯނު އަދާކުރާނީ ސަރުކާރުން ކަމަށާ އެހެން ކަމުން ރިބާއާ ލޯނުގެ ޒިންމާ ސޮއިކުރާ ކުންފުނިން ނަގަން ނުޖެހޭނެ ކަމަށް ބޭންކުން ބުނެފައިވާތީ އެކަމާ ގުޅިގެން ޝައިޚަށް ސުވާލު އަމާޒުވެގެން އައި ކަމަށް ވިދާޅުވެފައިވެއެވެ. މި ލޯނަކީ ދާދި ފަހުން ސަރުކާރުން އަމިއްލަ ކުންފުނިތަކަކާ ހަވާލުކުރި ޕްރޮޖެކުޓުތަކެއްގެ ތެރޭގައި ހިމެނޭ ލޯނުތަކެއްކަން ފާހަގަކުރައްވާ ޝައިޚު ވިދާޅުވެފައިވަނީ، ލޯނު ދައްކަނީ އެހެން ބަޔަކު ނަމަވެސް ރިބާ ހިމެނޭ ލޯނެއްގައި ސޮއިކުރުމަކީ އެއްވެސް މުސްލިމަކަށް ހަލާލުކަމެއް ނޫން ކަމަށެވެ.

އެއީ ސާފު ސީދާކޮށް ބަޔާންވެގެންވާ ގޮތުގައި ހަރާމް ކަމެއްކަން ފާހަގަކުރައްވާ ޝައިޚު ވިދާޅުވެފައިވަނީ، ދީނީ ސަރުކާރު ކަމަށް ބުނާ ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ ﷲއާ ރަސޫލާ (ޞޢޥ) ނަހީ ކުރައްވާފައިވާ ފަދަ އެގްރިމަންޓުތަކުގައި ސޮއިކުރުމަށް ކުންފުނިިތަކަށް މަޖްބޫރުކުރުވަމުން ކަމަށެވެ.

އެހެންކަމުން މިއީ ވާނުވާ ސަރުކާރެއް ކަމަށްވެސް ޝައިޚު ފަޒްލޫނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved