theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / އެމްއެންޑީއެފް
ހަބަރު
އެމްއެންޑީއެފް މީހަކު ދެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރިކަމުގެ އަޑުތަކެއް!
Mariyam Isaadha
މަރިޔަމް އިސާދާ
19 ނޮވެމްބަރު 2025
މާލެ ސިޓީ

އެމްއެންޑީއެފް މީހަކު ދެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރިކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

އެމްއެންޑީއެފްގައި މަސައްކަތްކުރަމުންދާ މީހަކު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެނެއްގެ ކުޑަ ދެ އަންހެން ކުދިން ކުރިމަތީގައި ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަންހެން މީހާގެ ރުހުމުގައި ހިންގި މި އަމަލުގެ މަންޒަރު ދައްކައި، އެ ކުދިން ގްރޫމްކޮށްގެން ޖިންސީ ގޯނާކޮށްފައިވާ ކަމަށް އެ ތުހުމަތުގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ބުނެފައިވަނީ، މިފަދަ މައްސަލަ އެެ މުއައްސަސާއަށް މިމަހުގެ 16 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މައްސަލަ ތަހުގީގުކުރަމުންދާ ކަމުގެ މައުލޫމާތު ފިޔަވާ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

ޖިންސީ ގޯނާގެ މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު މާލޭގައި މިމަހުގެ 14 ވަނަ ދުވަހު 24 އަހަރުގެ އަންހެނަކު ރޭޕުކުރި މައްސަަލައެއް ފެންމަތިވެފައިވެއެވެ. އަދި މީގެ އިތުރުން ސަރުކާރުގެ އިސް ބަޔަކު ހިމެނޭހެން އަންހެނަކަށް ޖިންސީ އަނިޔާ ކުރިކަމުގެ މައްސަލައެއްގެ އަޑުވެސް ފެތުރިފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved