March 10, 2026
Advertisement
.
. / ރައީސް އޮފިސް

މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ރައީސް މުއިއްޒު އަތުން ގެއްލޭ ގޮތަށް ފަރުމާކޮށްފައިވާ ބިލަށް އަޒާންގެ ތައުރީފު

Yana Shareef
ޔާނާ ޝަރީފް
Nov 20, 2025, 03:15 AM

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ރައީސް މުއިއްޒު އަތުން ގެއްލޭ ގޮތަށް ފަރުމާކޮށްފައިވާ ބިލަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫޤު ތައުރީފު ކުރައްވައިފިއެވެ.

Advertisement

އަޒާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ރައްޔިތުންނަށް ލިބިދޭ ގޮތަށް، ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.

އަޒާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ބައެއް ކަމަށެވެ. އެހެންކަމުން، މެންބަރުކަމުން ވަކިކުރުމުގައި ރައްޔިތުންގެ ބާރު އޮންނަން ޖެހޭނެ ކަމަށާއި، މި އިސްލާހުގެ ސަބަބުން ރައްޔިތުންނަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު އަޒާން އިތުރަށް ވިދާޅުވީ، މިހާރު ޤާނޫނު އޮތްގޮތުން ޕާޓީން ބޭނުންވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރެވޭ ކަމަށެވެ. އެ ޕާޓީގައި ތިބޭ ދެތިން ހަތަރު މީހަކަށް މެންބަރެއްގެ ގޮނޑި ދުއްވާލެވޭ ކަމަށާއި، އެހެންނަމަވެސް މި އިސްލާހާއެކު މެންބަރުކަމުގެ ގޮނޑި ގެއްލޭނީ ރައްޔިތުން އެގޮތަށް ބޭނުންވާނަމަކަން އޭނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެހާ ގިނަ ޤައުމުތަކުގައި މިކަން ނުކުރި ނަމަވެސް، ރާއްޖެއަކީ ބައެއް އެހެން ކަންކަމުގައިވެސް ދުނިޔެއަށް ނަމޫނާ ދައްކަމުން އަންނަ ޤައުމެއް ކަމަށް މެންބަރު އަޒާން ފާހަގަކުރެއްވިއެވެ. މިސާލަކަށް، ސިގިރޭޓަށް ޖެނެރޭޝަނަލް ބޭނެއް ތައާރަފްކުރިކަން ފާހަގަކުރައްވަމުން ރާއްޖެއިން މި ޑިމޮކްރަސީއަށްވެސް ދުނިޔޭގެ އެހެން ޤައުމުތަކަށް ނަމޫނާ ދެއްކުމަށްޓަކައި މިކަން ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved