theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / މަޖިލިސް
ސިޔާސީ
ދަރިއެއް ވިހާއިރު މައެއްގެ ގައިގައި އަޅާ ވޭން ނޭނގޭހެން މެންބަރުކަން ކުރުމުގެ ބުރަ އެހެން މީހުންނަށް ނޭނގޭނެކަމަށް ފަލާހު ވިދާޅުވެއްޖެ
Yana Shareef
ޔާނާ ޝަރީފް
19 ނޮވެމްބަރު 2025

ދަރިޔަކު ވިހާއިރު މައިންގެ ގައިގައި އަޅާ ވޭން އެހެން މީހުންނަށް ނޭނގޭހެން ރައްޔިތުންގެ މަޖިލިސް މެންބަރުކަން ކުރުމުގެ ބުރަ އެހެން މީހުންނަށް ނޭނގޭނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވަނީ މަޖިލިސް މެންބަރުންނަށް ކުރިމަތިވާ ޕްރެޝަރާއި ދިމާވާ ދަތިތައް އަދި ކުރަންޖެހޭ ބުރަ މަސައްކަތްތައް ވަނީ ފާހަގަކުރައްވާފަ އެވެ. ދުވާލު ހަތަރުދަން ހޭދަކުރަނީ މަސައްކަތުގައި ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

"މިއީ ހަމަ މަންމައަކު ދަރިޔަކު ވިހާއިރުގަ. އެ މަންމައަކަށް އެ އަޅާ ވޭން އެހެން މީހަކަށް. އެކަން ނުވާ މީހަކަށް ނުކުރާ މީހަކަށް ނުވަތަ. އެ އިހުސާސް ނުކުރާ މީހަކަށް ނޭނގޭ ފަދައިން ހަމަ ވާވަރު ކަމެއް ރައްޔިތުންގެ މަޖިލިސް މެންބަރުކަން ކުރުމަކީ،" ފަލާހު ވިދާޅުވި އެވެ.

މަޖިލިސް މެންބަރުން ހަމައެކަނި ކުރާ މަސައްކަތަކީ ތަޅުމުން އެ ފެންނަ މަންޒަރު ނޫން ކަމަށާއި އޭގެ އިތުރުން ކުރާ ކަންކަން އިހުސާސް ކޮށްލަން އާންމުންނަށާއި މެންބަރުކަން ނުކުރާ މީހުންނަށް އުނދަގޫ ވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮންމެ މެންބަރަކު ވެސް ކޮންމެ ދުވަހަކު ހޭލައިގެން ނިދަން ވަންދެން ރައްޔިތުންނަށް ހިދުމަތް ކުރުން ނޫން ގޮތެއްގައި ވަގުތު ހޭދަ ނުކުރެ އެވެ. އޭނާ އެހެން ވިދާޅުވިއިރު، އާންމުކޮށް މަޖިލީހުގެ ޖަލްސާތައް އޮންނަނީ ހަފުތާއަކު ތިން ދުވަހު އެވެ. މި ތިން ދުވަހު ވެސް މެމްބަރުން ޖަލްސާއަށް ހާޒިރުވެވަޑައި ނުގަންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved