theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އެންޑީއޭގެ ފަރުވާއަށްދާ މީހުންނަށް މަސްތުވާތަކެތި ދޭކަމުގެ ތުހުމަތުގައި ސަރުކާރުގެ އެސްޕީޑީއެއްގެ ފިރިމީހާ ހައްޔަރުކޮށްފި / ތޭރަގްރެފިކްސް
ހަބަރު
އެންޑީއޭގެ ފަރުވާއަށްދާ މީހުންނަށް މަސްތުވާތަކެތި ދޭކަމުގެ ތުހުމަތުގައި ސަރުކާރުގެ އެސްޕީޑީއެއްގެ ފިރިމީހާ ހައްޔަރުކޮށްފި
20 ނޮވެމްބަރު 2025
މާލެ ސިޓީ

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ މައްސަލައެއްގައި، އެ އެޖެންސީގެ ޕީއާރު ރިކަވަރީ މެންޓަރގެ މަގާމުގައި ހުރި އަހުމަދު ފަސީހު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިޔާތަކާ ހިއްސާކުރި މައުލޫމާތުގައި ވިދާޅުވެފައިވަނީ، ފަސީހު ހައްޔަރުކުރީ ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދޭ ކަމުގެ ތުހުމަތުކޮށް އެންޑީއޭ އިން ނޮވެމްބަރު 4، ގައި ފުލުހަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެގޮތުނ އެންޑީއޭ އިން ފަރުވާ ހޯދާ ކްލައިޓުންނަށް މަސްތުވާތަކެތި ދީގެން ފަސީހު ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ނޮވެމްބަރު ހަތަރެއްގައި އެންޑީއޭއިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ މިއަދު ހައްޔަރުކޮށްފައިވާއިރު، އޭނާ އިތުރު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަން ނުވަތަ ނޫންކަން ފުލުހުން ހިއްސާކުރި މައުލޫމާތުގައި ބުނެފައި ނުވެއެވެ. އަދި، ފަސީހު ހައްޔަރުކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު ކަމެއް ނުވަތަ އިތުރު ހެއްކެއް ހޯދުނު ކަމެއް ވެސް ފުލުހުން ހާމަކޮށްފައިނުވެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ފަސީހުއަކީ މަސްތުވާ ތަކެތީގެ މައްސަލަތަކުގެ ރިކޯޑާ އަދި މާރާމާރީ އާ ގޭންގް ވަޔަލަންސް ފަދަ ބޮޑެތި ކުށްތަކުގެ ރެކޯޑު އޮތް މީހެކެވެ. ފަސީހުއަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ސަރުކާރުގެ ހޯމު މިނިސްޓްރީގައި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރެއް މަގާމުގައި ހުރި ސޫދާ އަބްދުﷲގެ ފިރިމީހާއެވެ. ސުދާއަކީ ހޯމް މިނިސްޓްރީ ތެރެއިން ރައްޔިތުންގެ ޒާތީ މައުލޫމާތު ވައްކަން ކުރި އިރު އެ ފޯމުތަކުގައި ހެއްކެއްގެ ގޮތުގައާ އަދި ރައްޔިތުންގެ އިނގިލީގެ ނިޝާން ވެސް ޖެހި މީހެއްކަން ހާމަވެފައިވާ މީހެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved