March 16, 2026
Advertisement
ބޯހިޔާވަހިކަމުގެ ރަން ޒަމާނަކަށް ވާނެއޭ ބުނި އަހަރުގައި އަދި އެންމެ ގަލެއް ނުބޭއްވޭ: ރައީސް ޔާމީން
ބޯހިޔާވަހިކަމުގެ ރަން ޒަމާނަކަށް ވާނެއޭ ބުނި އަހަރުގައި އަދި އެންމެ ގަލެއް ނުބޭއްވޭ: ރައީސް ޔާމީން / ރައީސް އޮފިސް

ބޯހިޔާވަހިކަމުގެ ރަން ޒަމާނަކަށް ވާނެއޭ ބުނި އަހަރުގައި އަދި އެންމެ ގަލެއް ނުބޭއްވޭ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Nov 21, 2025, 02:21 AM
މާލެ ސިޓީ

ބޯހިޔާވަހިކަމުގެ ރަން ޒަމާނަކަށް ވާނެއޭ ރައީސް ޑރ މުހައްމަދު މުއިއްޒާ ސަރުކާރުން ބުނި އަހަރުގައި އަދި އެންމެ ގަލެއް ނުބޭއްވޭ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވަނީ ރައީސް ޑރ މުއިއްޒުގެ ސަރުކާރުގައި ބިމާ ގޯތި ދުކުރުމުގައި މަކަރާ ހީލަތްހަދާފައިވާތީ އެކަން ކަން ހިންދާލުުގައި ރޭވުންތަކެއް ރާވާފައި ކަމަށާ އެކަމުގައި ފެނިގެންދާ ހެއްކަކީ ހައުސިންގ މިނިސްޓްރީ ކުރިން ހުރި އިމާރާތް އަނދާ އަޅިއަށްވުން ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެން މިހާރު ރައީސް މުއިއްޒުގެ ސަރުކާރުން މި އަހަރަކީ ބޯހިޔާވަހިކަމުގެ ރަން ޒަމާނަށް ހަދާނެ އަހަރެއް ކަމަށްބުނެފައިވީ ނަމަވެސް އަހަރު ނިމުމާ ގާތްވެފައިވާއިރު އަދިވެސް ބޯހިޔާވަހިކަމުގެ އެންމެ ގަލެއްވެސް ބޭއްވިފައި މުއިއްޒުގެ ސަރުކާރަށް ނުވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ގޯތިތައް ހަވާލުކުރުމުގެ ލިސްޓު މުޅިން ހުޅުދާންކޮށް ނިންމާލީ އިމާރާތް އަންދާލައިގެން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved