March 15, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ޕީޕީއެމް

ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ޒުވާނުންގެ "ރައިޒްއަޕް" ހަރަކާތް މިރޭ 08:30 ގައި ހުޅުމާލެ ފޭސް ދޭއްގައި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 21, 2025, 07:51 PM
މާލެ ސިޓީ

ޒުވާނުންގެ ކަންބޮޑުވުންތައް ހާމަކުރުމަށް ހުޅުމާލެ ފޭސް ދޭއްގައި ބާއްވާ "ރައިޒްއަޕް" ހަރަކާތް މިރޭ 08:30 އޮންނާނެ ކަމަށާއި އަދި އިވެންޓްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މި ހަރަކާތް ރާވާ ހިންގާ ޒުވާނުން ހާމަކޮށްފިއެވެ.

Advertisement

މި ހަރަކާތަކީ މިހާރު ގައުމުގެ މިސްރާބު ހުރި ގޮތާ މެދު ޒުވާނުންގެ ޝުއޫރުފާޅުކުރުމަށް ބާއްވާ ހަރަކާތެއް ކަމަށާއި މި ހަރަކާތުގައި ރައީސް ޔާމީނަށް ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވާ ބައިވެރިވުމަކީ ޒުވާނުންނަށް ލިބިގެން ދިޔަ އުއްމީދުގެ އާ ހުޅުކޮޅެއް ކަމަށް ސިފަކޮށްފައިވެއެވެ.

ރައީސް ޔާމީނުގެ ޒަޢާމަތުގައި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވާފައިވާއިރު ޒުވާނުންގެ މެދުގައި އެމަނިކުފާނަކީ ތާއިދާއި ލޯބި ލިބިފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، މިހާރުގެ ސަރުކާރުން ގައުމަށް އިހުމާލުވެ ދިވެހި ރައްޔިތުން ނިކަމެތިކުރަމުންދާއިރު ދިވެހި ރައްޔިތުންގެ ޙައްގުގައި އެމަނިކުފާނު ގެންދަވަނީ ވަކާލާތުކުރައްވާ ސަރުކާރު ޒިންމާދާރުކުރުމަށް ގިނަ، ބުރަ މަސައްކަތްތައް ކުރައްވަމުންނެވެ.

މި ހަރާކަތް އިންތިޒާމުކޮށް ހިންގާ ޒުވާނުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހަރަކާތް ކުރިއަށް ދާނީ ބޮޑުބެރުގެ ހަރަކާތްތަކާ އަދި ބާބަކިއުއަކާ ވެސް އެކުއެވެ. އެހެންކަމުން ވީހާ ވެސް ގިނަ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުމަކީ އެ ޒުވާނުންގެ ވަރަށް ބޮޑު އެދުމެކެވެ.

މީގެ ކުރިންވެސް ހުޅުމާލެ ފޭސް ދޭއްގައި ބޭއްވި ބާބަކިއު ހަރަކާތެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވިއިރު އެމަނިކުފާނަށް އޮތް ލޯތްބާ ތާއީދު ރައްޔިތުން ނިކުމެ ދައްކާލާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved