March 15, 2026
Advertisement
ޕީއެންސީ ބޭއްވި އެއްވުމުގެ ތެރެއިން
ޕީއެންސީ ބޭއްވި އެއްވުމުގެ ތެރެއިން / އަދަދު

ޕީއެންސީގެ ޖަލްސާއަށް ޚަރަދު ކުރި ގޮތް ބަލަން އޭސީސީއަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Nov 21, 2025, 08:13 PM
މާލެ ސިޓީ

ސަރުކާރަށް ދެއަހަރު ފުރުމާއި ދިމާކޮށް ވެރިކަން ކުރާ ޕީއެންސީ އިން ބޭއްވި ބޮޑު ޖަލްސާއަށް އެ ޕާޓީއިން ޚަރަދުކުރި ކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅައިފިއެވެ.

Advertisement

މައްސަލަ ހުށަހަޅަފައިވަނީ، އެމްޑީޕީގެ ގައުމީ މަޖިލިސްގެ މެމްބަރު އަހުމަދު ސަލީމު (މާޒް ސަލީމު)އެވެ.

މާޒް ސަލީމު ވިދާޅުވެފައިވަނީ، ޕީއެންސީގެ ޖަލްސާއަށް ރަށްރަށުން މީހުން ގެނައުމަށް 500 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށް މަޖިލީހުގެ މެމްބަރަކު ވަރަށް ސާބިތުކަމާއެކު ވިދާޅުވެފައިވާ ކަމަށެވެ. އަދި މިކަމަށް "އޯޕަން ބަޖެޓެއް" އޮތް ކަމަށްވެސް އެ މެމްބަރު ވިދާޅުވެފައިވާ ކަމަށް މާޒް ސަލީމް ފާހަގަކުރެއްވިއެވެ. މިފަދަ ކަންކަމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން ސާފުކޮށް ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.



މާޒް ސަލީމް ވިދާޅުވި ގޮތުގައި، މިފަދަ މައްސަލަތައް އޭސީސީއަށް ހުށަހެޅުމުން ސިޔާސީ ނުފޫޒެއް ނުވަތަ އެހެންވެސް ނާޖާއިޒު ޕްރެޝަރެއްގެ ސަބަބުން މިނިވަން މުއައްސަސާތަކުން މައްސަލަތައް ނުބަލާ ދޫކޮށްލާކަން ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް މި މައްސަލަ ބަލައި ދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވާ ފަދައިން، މިފަދަ މައްސަލަތައް ބަލައި ދިނުމަށް އޭނާ މިއަދު އޭސީސީ އަށް ވަނީ ގޮވާލައްވާފައެވެ.



އެގޮތުން އެކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ކޮށްފައި ވެއްޖެކަމަށް ވާނަމަ ނުވަތަ މި މައްސަލަ ބައްލަވައި ކަމާބެހޭ ފަރާތަކަށް އެ މައްސަލަ ހުށަހަޅުއްވައި ދެއްވުމަށް މާޒް ވަނީ ގޮވާލާފައެވެ.

މާޒް ސަލީމް އިތުރަށް ވިދާޅުވީ މި މައްސަލައިގައި ފާހަގަ ކުރެވޭ ގިނަ ކަންތައްތަކެއް ހުރި ކަމަށާއި، އެހެންވެގެން މިއަދު މި މައްސަލަ ހުށަހެޅީ ކަމަށެވެ.



ބުރާސްފަތި ދުވަހު އޭސީސީއަށް ހުށަހެޅި މައްސަލައިގައި ޕީއެންސީގެ ޖަލްސާއަށް މީހުން ގެނައުމަށް މޯލްޑިވިއަންގެ ފްލައިޓްތަކަށް ނުވަތަ ލޯންޗް އަދި އޮޑިދޯނި ފަހަރަށް ކުލީގެ ގޮތުގައި ފައިސާ ދެއްކި ފަރާތްތަކާއި، ގިނަ އަދަދެއްގެ ރައްޔިތުން ގެނެސް އެމީހުންގެ ކޮންމެ މީހަކަށް 1000 ނުވަތަ 2000 ރުފިޔާ ޕޮކެޓްމަނީގެ ގޮތުގައި ދީފައިވާނަމަ އެ ފައިސާ ދެއްކި ފަރާތްތަކާއި، އަދި އެކޮމޮޑޭޝަނަށް ފައިސާ ދައްކާފައިވާ ނަމަ އެ ފައިސާ ދެއްކި ފަރާތްތައް ތަހުގީގުކުރުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން، އެ ފައިސާ ދެއްކި ގޮތާއި، އެ ފައިސާ ލިބުނު ގޮތް، ޕާޓީގެ އެކައުންޓަށް ޖަމާކުރެވިފައި އޮތް ފައިސާ ކަމުގައި ވިޔަސް ނުވަތަ އެ ފައިސާ ލިބުނު ގޮތްވެސް ބަލައި ތަހުގީގުކޮށް ދިނުމަށް އޭސީސީއަށް ހުށަހެޅި މައްސަލައިގައި އެދިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved