މިއަހަަރުގެ ބަޖެޓަކީ 'ބޯހިޔާވަހިކަމަށް' ހާއްސަ ކުރި ބަޖެޓެއްކަމަށް ބުނިއިރު, ބަޖެސްޓު ހުސްވެގެންދިޔައީ ރައީސް މުހައްމަދު މުއިއްޒަށް އެންމެ ގާބުރިއެއް ވެސް ނުބޭއްވި އުޅެނިކޮށްކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ޕީއެންއެފް އިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ, ރައީސް މުއިއްޒު މި އަހަރު ކަނޑައެޅީ، "ބޯހިޔާވަހިކަމުގެ ރަން ޒަމާނެއް" ގޮތުގައި ކަމަށާއި ނަމަވެސް، ބޯހިޔާވަހިކަމަށް ހާއްސަކުރި ދެ ބިލިއަން ރުފިޔާ ހުސްވިއިރު، "ބޭންދުނު ގާކޮޅެއް ނެތް" ނެތް ކަމަށެވެ.
"ބޯހިޔާވަހިކަމަކީ އެންމެ ހައްސާސް މައްސަލަ، ޒުވާނުންނަށް ވެސް އަދި އެހެން މީހުންނަށް ވެސް. އެހޭ ވަރަށް މި ވާހަކަ ދައްކާފަ ފޮނި ކަނޑާފައި އަޗާތެޅީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ބޯހިޔާވަހަހިކަމަަކީ އެންމެ ހައްސާސް މައްސަލަކަމަށެވެ. ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމުގެ ވައުދާއެކުގައި ވެރިކަމަށް އައުމަށްވެސް ރައީސް މުއިއްޒު "ފޮނި ކެނޑީ"ކަމަށާއި ދެން އެކަމަށް ހާއްސަކުރި ބަޖެޓަށް ވީއެއް ނުވީއެއް ނޭނގޭކަމަށެވެ.
ސަރުކާރުން 2025 އަށް ލަފާކޮށް ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބެޖެޓުން ރާއްޖޭގެ އެކި ސަރަހައްދުތަކަކަށް ބަހާލައިގެން 1.5 ބިލިއަން ރުފިޔާ ހައުސިން މަޝްރޫއު ހިންގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ދެ ބިލިއަނާއި ފަސް ބިލިއަނާ ދެމެދުގެ އަދަދަކަށް 5 ޕަސެންޓު އިންޓަރެސްޓު ރޭޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ނަމަވެސް މިއިން އެއްވެސް ކަމެއް މި އަހަރު ނުވާކަން ފާހަގަކޮށްލެވެއެވެ.