theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އެންޑީއޭގެ ފަރުވާއަށްދާ މީހުންނަށް މަސްތުވާތަކެތި ދޭކަމުގެ ތުހުމަތުގައި ސަރުކާރުގެ އެސްޕީޑީއެއްގެ ފިރިމީހާ ހައްޔަރުކޮށްފި / ތޭރަގްރެފިކްސް
ސިޔާސީ
ފަރުވާ ހޯދާ މީހުންނަށް ޑްރަގް ދީގެން ޖިންސީ ގުޅުން ހިންގާ ތުހުމަތުގައި ހައްޔަރުކުރި ފަސީހުގެ ބަންދަށް 15 ދުވަސް
Yana Shareef
ޔާނާ ޝަރީފް
21 ނޮވެމްބަރު 2025

ފަރުވާ ހޯދަން ދާ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ޖިންސީ ގުޅުން ހިންގާ މައްސަލައެއްގައި ހައްޔަރުކުރި އެންޑީއޭގެ މުވައްޒަފުގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މަސްތުން ސަލާމަތްވުމަށް ފަރުވާއަށް އެންޑީއޭއަށް ދާ މީހުންނަށް، މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އިދާރާއިން މި މަހުގެ 4 ވަނަ ދުވަހު ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

އެ މައްސަލައާ ގުޅިގެން، އެންޑީއޭގައި ޕިއާ މެންޓާއަކަށް މަސައްކަތްކުރަމުން ދިޔަ ސ. ފޭދޫ، މުހައްމަދު ފަސީހު، 51، ކޯޓު އަމުރެއްގެ ދަށުން ބުރާާސްފަތި ދުވަހު ހައްޔަރުކޮށްފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ފަސީހުއަކީ މަސްތުވާ ތަކެތީގެ މައްސަލަތަކުގެ ރިކޯޑާ އަދި މާރާމާރީ އާ ގޭންގް ވަޔަލަންސް ފަދަ ބޮޑެތި ކުށްތަކުގެ ރެކޯޑު އޮތް މީހެކެވެ. ފަސީހުއަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ސަރުކާރުގެ ހޯމު މިނިސްޓްރީގައި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރެއް މަގާމުގައި ހުރި ސޫދާ އަބްދުﷲގެ ފިރިމީހާއެވެ. ސުދާއަކީ ހޯމް މިނިސްޓްރީ ތެރެއިން ރައްޔިތުންގެ ޒާތީ މައުލޫމާތު ވައްކަން ކުރި އިރު އެ ފޯމުތަކުގައި ހެއްކެއްގެ ގޮތުގައާ އަދި ރައްޔިތުންގެ އިނގިލީގެ ނިޝާން ވެސް ޖެހި މީހެއްކަން ހާމަވެފައިވާ މީހެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved