March 16, 2026
Advertisement
ރައިޒް އަޕް އިވެންޓުގައި ރައީސް ޔާމީން
ރައިޒް އަޕް އިވެންޓުގައި ރައީސް ޔާމީން / ތޭރަ އޮންލައިން

އަދިވެސް ޒުވާނުންގެ ރައީސަކީ, ރައީސް ޔާމީން!

Yana Shareef
ޔާނާ ޝަރީފް
Nov 22, 2025, 03:16 AM

ތާއީދާއި ލޯބި އަދިވެސް އޮތީ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމައްކަމަށް ޒުވާނުން ބުނެފިއެވެ.

Advertisement

ޕީއެންއެފްއިން ޒުވާނުންނަށް ހާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި "ރައިޒް އަޕް" އިވެންޓުގައި ޒުވާނުން ވަނީ ރައީސް ޔާމިނަށް އޮތް ތާއިދު ދައްކާލާފައެވެ.

އެ ސަރަހައްދަށް އެއްވެފައިވާ ގިނަ ޒުވާނުން ވަނީ އަދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ ޒުވާނުންނަށް ލިބުނު ބޮޑު ހަދިޔާއެއްކަމަށް ޒުވާނުން ފާހަގަކުރިއެވެ. ރައީސް ޔާމީންގެ ޒައާމަތުގައި ޒުވާނުންނަށް ހާއްސަކޮށްގެން އެތައް ކަމެއް ކޮށްދެއްވިކަމަށް ބުނެ ގިނަ ޒުވާނުން ވަނީ ރައީސް ޔާމިނަށް ތައުރީފު ކޮށްފައެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ރައީސް ޔާމީންގެ ފޮޓޯ ފުޅާއި އެމަނިކުފާނުގެ ހުސް ގޮނޑި ދައްކާ, ޒުވާނުންނަށް އެތައް ވައުދެއް ވެގެންކަމަށާއި ސަރުކާރަށް ދެ އަހަރު ވިއިރުވެސް ޒުވާނުންނަށް ކޮށްދެވުނު ކަމެއް ނެތްކަމަށް އެ ޒުވާނުން ފާހަގަކުރިއެވެ.

މި އިވެންޓުގައި ރ.މަޑުއްވަރީގެ ޒުވާން ކައުންސިލް ރައީސް ވާހަކަ ދައްކަވަމުން ވިދާޅުވީ, ކުލަ ރީތި ފިޔާތޮށި ކުލައިގެ ޕީޕީއެމް ޕާޓީ އުވާލިނަމަވެސް މިއަދު ޕީއެންއެފްގެ ކުލަ ފެނިފައި އުންމީދު އައުވެފައިވާކަމަށެވެ.

2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އިންތިޚާބު ކުރުމަށް ހުރިހާ ޒުވާނުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ.

މީގެއިތުރުން, އުވާލެވިފައިވާ ޕީޕީއެމްގެ ނިލަންދޫ ދާއިރާގެ ކުރީގެ ރައީސް އަހުމަދު ރަޝީދު ވަނީ އިވެންޓުގައި ޝުއޫރު ފާޅުކުރައްވާ, މި ސަރުކާރުގެ ސަަބަބުން ޒުވާނުން ތަހައްމަލު ކުރަންޖެހޭ ކަންތައްތައް ގިނަކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ޒައާމަތުގައި ޒުވާނުންނަށް ލިބުނީ އުފާވެރިކަންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައިޒް އަޕް އިވެންޓުގައި ބައިވެރިވި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ރައީސް މުއއިްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved