
ސަރުކާރާރަށް އަހަރު ފުރިގެން ކާމިޔާބު ދެ އަހަރުގެ ގޮތުގައި ސަރުކާރުގެ ބޮޓުން ފާހަގަކުރަމުން އޭ ރިޕޯޓު ދެމުން ދަނިކޮށް، ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފުގެ ފިކުރަށް ތާއީދުކުރާ ޒުވާނުން އިސްނަގައިގެން ބޭއްވި ރައިޒް އަޕް ޔޫތު ހަރަކާތުން ހާމަވީ ރައީސް މުހައްމަދު މުއިއްޒު ފާސްނުވާކަން ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފޭސް ދޭއް ސަރަހައްދުގައި ހުކުރު ދުވަހުގެރޭ ޒުވާނުންތަކެއް އިސް ނަގައިގެން ބޭއްވި ހަަރަކާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންފައިވާއިރު، ސަރަހައްދު އެއްކޮށް ފުރާލާފައިި އޮތީ އެމަނިކުފާނުގެ ބިނާކުރަނިވި ފިކުރަށް ތާއީދުކުރާ އަދި އެމަނިކުފާނު ސިޔާސަތު ގަބޫލުކުރާ ދިވެހި ރައްޔިތުންގެ ހާޒިރީއިންނެވެ.
މަޖްބޫރު ކަމެއް ނެތި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެ ހަރަކާތަށް ނަޒަރު ހިންގާ ލައްވާ މަލީހު ވަނީ އެކްސްގައި ޕޯސްޓުކުރައްވާފައެވެ. އެގޮތުން މަލީހު ވިދާޅުވީ، ރައީސް މުއިއްޒުގެ 2 އހަރުގެ ރިޕޯޓު ކާޑު ހާމަވެއްޖެ ކަމަށާ ރައީސް ޔާމީން ވަރަށް ދީލަތިކޮށް މާކްސް ދެއްވުމުން ވެސް ލިބުނީ 100 އަކުން އެންމެ 20 މާކްސް ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ އެއްވެސް ވަސީލަތެއް ބޭނުން ނުކޮށް ހިތާ ރޫހުން ވަޑައިގެންނެވި ރައްޔިތުންގެ ބިޔަ އަދަދާއެކު ހާމަވީ ރިޕޯޓަކީ ލަދުވެތި ރިޕޯޓެއް ކަމަށާ އެ ރިޕޯޓުން ހާމަވީ ރައީސް މުއިއްޒު ފާސްނުވިކަން ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.










