March 16, 2026
Advertisement
-
- / ތޭރަ އޮންލައިން

އެއްވެސް މަޖުބޫރުކަމެއްނެތި ހިތާއި ރޫހުން އައި މީހުން ކުރިމަތީ ހާމަވި ރިޕޯޓަކީ ލަދުވެތި ރިޕޯޓެއް: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 23, 2025, 02:24 AM
މާލެ ސިޓީ

ޒުވާނުން އިސްނަގައިގެން ރޭ ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށް ގެންދިޔަ ޒުވާނުންގެ "ރައިޒްއަޕް" ހަރަކާތަށް ސަރުކާރުގެ އެއްވެސް ވަޞީލަތެއް ބޭނުންނުކޮށް، އެއްވެސް މަޖުބޫރުކަމެއްނެތި ހިތާއި ރޫހުން ވަޑައިގެންނެވި ކްރައުޑް ކުރިމަތީ ހާމަވި ރިޕޯޓަކީ ރައީސް މުއިއްޒަށް ލަދުވެތި ރިޕޯޓެއްކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުއިއްޒުގެ ދެ އަހަރުވީ ސަރުކާރަށް ރައްޔިތުން ދިން ރިޕޯޓް ކާޑް ރޭ އިވެންޓުން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރަށް ދީލަތިކޮށް މާރކްސް ދެއްވައިގެންވެސް މުއިއްޒަށް ލިބިވަޑައިގަތީ 100 އިން 20 މާރކްސް ކަމަށް ވިދާޅުވެ މަލީހް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

ރޭގެ އިވެންޓަށް މީހުން ދިޔުމަށް ދަތިކުރުމުގެ ގޮތުން ސަރުކާރުން ވަނީ ފޭސް ދޭއްގެ ފްލެޓްތަކުގައި ފެނުގެ ޚިދުމަތް ކަނޑާލާ، ލިފްޓްތަކުގައިވެސް މައްސަލަތަކެއް ކުރިމަތިކޮށްފައިކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

ނަމަވެސް، މި ހުރަސްތަކަކާއި އެކުވެސް ރައީސް ޔާމީނަށް އޮތް ތާއީދާއި ލޯބި ހާމަކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މި އިވެންޓްގައި ބައިވެރިވެ ޒުވާނުންގެ ހަގީގީ ރައީސް ދައްކާފައެވެ.

ދިވެހި ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ހޯއްދަވައިދެއްވުމަށް ރައީސް ޔާމީން އަންނަނީ ވަރަށް ބޮޑަށް ވަކާލާތުކުރައްވަމުންނެވެ. އެމަނިކުފާނުގެ ޕާޓީއިން ބާއްވަމުން އަންނަ ޖަލްސާތަކުންވެސް މިކަން ހާމަވެގެންދާއިރު މި ޖަލްސާތަކަށް ގިނަ ބަޔެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved