ޓެކްސީތަކެއް މާލޭ ބޮޑުތަކުރުފާނު މަގުގައި / ދަ ޕްރެސް
ހަބަރު
3 ޑްރައިވަރަކަށް ދައުވާ ކުރަން ފޮނުވައިފި
Mariyam Isaadha
މަރިޔަމް އިސާދާ
14 ފެބްރުއަރީ 2025
މާލެ ސިޓީ

ސަރުކާރުން ޓެކްސީ ލައިނެއް ހަދައި ހިދުމަތް ދޭން ތައްޔާރުވަމުންދާތީ، ހައިވޭއަށް އަރަން އޮންނަ ނިރޮޅު މަގު ބަންދުވާ ގޮތަށް ކާރުތައް ޕާކުކޮށް އިހުތިޖާޖުކުރި މައްސަލައިގައި ތިން ޓެކްސީ ޑްރައިވަރަކަށް ދައުވާކުރަން ފޮނުވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަހުން ފޮނުވި މައްސަލައިގައި ބުނެފައިވަނީ އެ ތިން މީހުންނަށް ދައުވާ ކުރަނީ އެދެނީ ސަރުކާރުން ޓެކްސީލައިނެއް ތައާރަފްކުރުމާ ދެކޮޅަށް ހުސްވި ޑިސެމްބަރު އިހުތިޖާޖުކޮށް، ފުލުހުންނަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.

ޕީޖީން ދައުވާ އުފުލީ މއ. ވިރާހު، މުހައްމަދު ޝާމިން، 39 އާއި މއ. ނަހީދީމަންޒިލް، މިސްބާހް ޝަރީފް، 31 އަދި ހދ. ކުމުންދޫ، ހޮލިޑޭވިލެޖް، ނުއުމާން އަހްމަދު، 36 ގެ މައްޗަށެވެ.

މިކަމާ ގުޅިގެން ޑްރައިވާސް އެސޯސިއޭޝަންގެ އިންތިޒާމް ސެކެޓްރީ މިސްބާހު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ތިން ޑްރައިވަރުންގެ މައްޗަށް ދައުވާ އުފުލިކަން އެންގީ ސަރުކާރުން އިއްޔެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން އެމްޓީސީސީއާ ހަވާލުކުރިތާ ބައިގަޑިއިރެއްހާއިރު ތެރޭގައި ކަމަށެވެ.

ސަރުކާރުން ޓެކްސީލައިން ހެދުމާ ދެކޮޅަށް އިހުތިޖާޖުކޮށްގެން ޓެކްސީ ޑްރައިވަރުންތަކެއް ހައްޔަރުކޮށް، 20 އަށްވުރެ ގިނަ ޓެކްސީ ޓޯކުރި އެވެ. މިގޮތުން ހައްޔަރުކުރި ޓެކްސީ ޑްރައިވަރުން ދޫކޮށްލީ ބަންދުގައި ދުވަސްތަކެއް ބެހެއްޓުމަށްފަހު ޝަރުތުތަކާ އެކީގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved