May 10, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މިމަހު ކުޑަ މުސާރަ، ހާމަނައިޒްވި މުސާރަ އަންނަ މަހު

Faina Faiz
ފައިނާ ފާއިޒް
Nov 24, 2025, 09:01 PM
މާލެ ސިޓީ

މި މަހު މުސާރަ ކުޑަވި ނަމަވެސް ޕޭ ހާމަނައިޒްވި މުސާރަ ލިބޭނީ އަންނަ މަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

Advertisement

ފިނޭންސް މިނިސްޓްރީއިން މިހެން ބުނެފައި ވަނީ އެކި ދާއިރާތަކުން ލިބުނު މުސާރަތައް ކުޑަކަމުގެ ޝަކުވާ އާއި ކަންބޮޑުވުން ފާޅުކުރުމުންނެވެ.

އެ މިނިސްޓްރީއިން ބުނެފައި ވަނީ، ހާޒިރީއަށް ބަލައިގެން މުވައްޒަފުންނަށް ދޭ އެލަވަންސްތަކާއި ޢިނާޔަތްތައް ހިސާބުކުރަނީ ވޭތުވެދިޔަ މަހުގެ 16 އިން ހިނގާ މަހުގެ 15 ގެ ނިޔަލަށް ކަމަށާއި، މި މަހުގެ 1 ވަނަ ދުވަހު މުސާރަ ބޮޑުވި ފަރާތްތަކަށް ހާމަނައިޒްވި މުސާރަ ލިބޭނީ އަންނަ މަހުގެ، ޑިސެމްބަރު މަހުގެ މުސާރައާއި އެކު ކަމަށެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޖުޑިޝިއަރީ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު ޕޭ ހާމަނައިޒޭޝަންގެ ދަށުން މުސާރަތަކަށް ގެނައި ބަދަލާއިއެކު ސިވިލް ސާވިސްގެ ގިނަ މުވައްޒަފުންގެ މުސާރަ ވަނީ ބޮޑު ތަނުން ކުޑަވެފައެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved