March 16, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހް
ޕީއެންއެފްގެ އެސްޖީ މަލީހް / މިހާރު

މުއިއްޒު އަކީ ސިކުނޑި އެއް ހުރި މީހެއް ނޫން: މަލީހު

Faina Faiz
ފައިނާ ފާއިޒް
Nov 24, 2025, 09:49 PM
މާލެ ސިޓީ

ރައިސް ޑރ. މުހައްމަދު މުއިއްޒު އަކީ ސިކުންޑި އެއް ހުރި މީހެއް ނޫންކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހި، ވަގުތުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ބާއްވަން މަޖިލީހުގެ ކޮމިޓީން މިއަދު ވަނީ ނިންމާފައިއެވެ.

އެ ކަމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، މި ސަރުކާރަށް ކަމެއް ކުރަންވީ ގޮތެއް ނޭނގުނު ކަމަށެވެ. އަދި ސަރުކާރުން ގެންގުޅެނީ އެކި ދުވަހު އެކި ސިޔާސަތު ކަމަށެވެ. އެގޮތުން މަލީހު މި ސަރުކާރުގެ ސިޔާސަތުތައް ސިފަކުރައްވާފައިވަނީ ލާހޫރޭ ސިޔާސަތެއްގެ ގޮތުގައެވެ.

މަލީހު އިތުރަށް ވިދާޅުވީ މި ސަރުކާރު މިހާރުވެފައި ވަނީ ސީދާ ޖޯކު ސަރުކާރަކަށް ކަމަށެވެ. އަދި މިހުރިހާކަމެއް މިފަދައިން ހިނގަމުން ދަނީ ރައީސް މުއިއްޒަކީ ސިކުނޑިއެއް ހުރި މީހަކަށް ނުވާތީކަމަށް ދޭހަވާ ފަދަ ގޮތަކަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މަޖިލީހަށް މިފަދަ ބަދަލުތައް ގެންނަނީ ވެރިކަން ކުރާ ޕާޓީގެ މެމްބަރުން ޕާޓީގެ އަސްލު ފެނުމުން ޕާޓީއިން ވަކިވާން ބޭނުންވާތީކަން މިއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved