March 16, 2026
Advertisement
-
- / ތޭރަ އޮންލައިން

ޖަމީލް މުއިއްޒަށް: ބުހުތާނު ދޮގު ހަދަން މަނިކުފާނަކީ ލާމަސީލެކެވެ. ދޮގު ހަދާހަދާ މަނިކުފާނު ވަރުބަލިވެސް ނުވޭތޯ؟

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 24, 2025, 10:18 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަކީ ދޮގު ހެއްދެވުމުގައި ލާމަސީލެއް ކަމަށާއި ބުހުތާނު ދޮގު ހަދާ ހަދާ މުއިއްޒު ވަރުބަލިވެސް ނުވޭތޯ ޕީއެންއެފްގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ސުވާލުކުރައްވައިފިއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ސުވާލުކޮށްފައިވަނީ ޖަމީލް ކުރެއްވި ޕޯސްޓެއްގައި މުޅި ދުނިޔޭގައިވެސް ފުރަތަމަ ޤާއިމްކުރެވޭ އަންޑަރ ވޯޓާރ ޓަނަލަކުން މާލެއާއި ރަސްމާލެ ގުޅުވާލެވޭނެ ކަމަށް މުއިއްޒު ވިދާޅުވި ވާހަކަ ހިއްސާކުރަމުންނެވެ.

ރައީސް މުއިއްޒުގެ ފެއިލްވެފައިވާ މެގަ ޕްރޮޖެކްޓް ރަސްމާލެއާއި މާލެ ގުޅުވާލާނީ އަންޑާ ވޯޓާ ޓަނަލަކުން ކަމަށް ބުނެ ރައްޔިތުން މޮޔަ ހައްދާފައިވާއިރު ޖަމީލް ވިދާޅުވީ މުއިއްޒު ދައްކަވަނީ ހުސްވެސް މިފަދަ ދެއުޅިއެއްނުވާ ވާހަކަތައް ކަމަށެވެ.

2024 ޖެނުއަރީ 22 ގައި ރައީސް މުއިއްޒު ވި މި ހޮޅި ވައުދަށް މިހާރުވެސް ދިވެހި ރައްޔިތުން ޖޯކް ޖައްސަވާއިރު ސަރުކާރަަށް ދެ އަހަރުވީއިރުވެސް ރަސްމާލެ ޕްރޮޖެކްޓްގެ މަސައްކަތްވަނީ އެދެވޭ ގޮތެއްގައި ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.

މިއާއިއެކު ޖަމީލްގެ ޕޯސްޓްގައި މުއިއްޒު ޓެގް ކުރައްވާ ޖަމީލް ވަނީ ކުރިއަށް އޮތް ތަނުގައިވެސް މި ބާވަތުގެ ބުހުތާން ދޮގު ނެހެދުމަށް ހަނދާންކޮށްދެއްވާ މުއިއްޒުގެ އަމަލަށްވުރެ ބަސް މާ ގިނަ ކަމަށްބުނެ ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved