March 15, 2026
Advertisement
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް / -

2026 ވަނަ އަހަރުގެ ބަޖެޓު ބިލް ފާސް ކޮށްފި

Faina Faiz
ފައިނާ ފާއިޒް
Nov 25, 2025, 09:39 PM
މާލެ ސިޓީ

ރައްތިތުންގެ މަޖިލީހުން 2026 ވަނަ އަހަރުގެ ބެޖެޓު ބިލް ފާސް ކޮށްފިއެވެ.

Advertisement

އަންނަ އަހަރުގެ ބަޖެޓަށް ފާސްކޮށްފައި ވަނީ .264 ބިލިއަން ރުފިޔާއެވެ. ނަމަވެސް ސަރުކާރުން އަދާކުރަން ޖެހޭ ދަރަނި އަދާކުރުމުން ބަޖެޓު ގައި ބާކީ ޮތީ 55 މިލިއަން ރުފިޔާއެވެ.

ބަޖެޓާއި ގުޅޭގޮތުން މަޖިލީހުގައި ކުރެވުނު ބަހުހުގައި އިދިކޮޅުން ވަނީ މި ބަޖެޓަކީ ރާއްޖޭގެ ދަރަނި މިހާރު އޮތްވަރަށް ވުރެ އިތުރު ކުރާނެ ބަޖެޓެއްކަމަށް ވިދާޅުވެފައިއެވެ. ސަބަބަކީ ރާއްޖެއަށް މިވަގުތު ވަންނަ އާމްދަނީއަށްވުރެ ރިކަރަންޓު ހަރަދު ބޮޑުވުން މަކަށްވެސް އެ މެމްބަރުން ވަނީ ވިދާޅުވެފައިއެވެ.

އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓު މަޖިލީހަށް ހުށަހަޅާފަ ވަނީ ނިމިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ބަޖެޓާއި ގުޅެގޮތުން ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް 15 މިނަޓު ދެވިފަ ވާއިރު 60 މެމްބަރުން ވަނީ ބަހުސްގަ ބައިވެރި ވެފައެވެ.

ބަހުސް ކުރެއްވި މެންބަރުންގެ ތެރެއިން ގިނަ މެމްބަރުން ވަނީ ބަޖެޓުގައި ހުރި ކަންކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންވެސް ވަނީ ސަރުކާރުން އެ މެމްބަރުންގެ ދާއިރާތަކަށް މަޝްރޫއުތައް ކަނޑައަޅާފަ ނެތުމުން މިކަމާމެދު ފާޅުގައި ބަސްބުނުއްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved