theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
އެންމެ މަސްލަހަތު ހުރި ގޮތަކީ ގޭންގު ލީޑަރުންނާއި ކޮރަޕްޓް މީހުންނަށް ރައްޔިތުންނާއި ގުޅޭ ހައްސާސް މައްސަލަތަކުގެ މައުލޫމާތު ހިއްސާ ކުރުން ބާ؟ / ތޭރަގްރެފިކްސް
ރިޕޯޓު
އެންމެ މަސްލަހަތު ހުރި ގޮތަކީ ގޭންގު ލީޑަރުންނާއި ކޮރަޕްޓް މީހުންނަށް ރައްޔިތުންނާއި ގުޅޭ ހައްސާސް މައްސަލަތަކުގެ މައުލޫމާތު ހިއްސާ ކުރުން ބާ؟
Mariyam Isaadha
މަރިޔަމް އިސާދާ
27 ނޮވެމްބަރު 2025
މާލެ ސިޓީ

ސަރުކާރުން އަންނަނީ އިރު އަރާ ކޮންމެ ދުވަހަކު ރައްޔިތުންނަށް ކަމެއް ކޮށްދޭ ހިތުން ނުފުއްދޭނެ އެތައް ވައުދު ތަކެއް ރައްޔިތުންނަށް ވަމުން ރައްޔިތުން ޅޮސް އުނދޯއްޔަށް ލަމުންނެވެ.

ދިވެހިން ބުނާ ބަހެއް އޮވެއެވެ. “އެކަކުންޏެއް ހަރު ކޮންނާނީ އެކަކުންޏެއްގެ ވަރުންނެވެ”. ދައުލަތުގެ މައުލޫމާތުތައް ހުންނަނީ ޒަމާން ތަކަކުން ބިނާކޮށް ދިރުވާފައިވާ ދައުލަތުގެ އިދާރާ ތަކާއި މުއައްސަސާތަކުގައެވެ. އެތަން ތަނުގައި ހުންނަ މައުލޫމާތުތަކުގެ ސިއްރުކަން ދެމެހެއްޓުމަކީ ކޮންމެ ސަރުކާރެއް އޮތްނަމަވެސް ދައުލަތުގެ ޒިންމާއެކެވެ. އެކަންކަމަށް ޒިންމާވާ މުއައްސަސާތަކާއި އިދާރާތަކުގެ ބޮލުގައި އެޅިފައިވާ ކަމެކެވެ. ސަރުކާރުތައް ބަދަލުވިއަސް އެ މުއައްސަސާތައް ދެމި ހުންނަން ޖެހޭނެތީއެވެ.

ދިވެހި ތާރީހު މިހާތަނަށް ތަޖުރިބާ ނުކުރާ ކަންތައްތަކެއް 2023 ވަނަ އަހަރު ހޮވުނު ސަރުކާރުން ފަށައިފިއެވެ. ދައުލަތުގެ އިދާރާތަކުގައި ރައްކާ ކުރެވިފައިވާ ޒާތީ މައުލޫމާތުތައް ރައްޔިތުން ހޮވި މަޖިލިސް، ރައްޔިތުންގެ މަޖިލިސް ކަމެއް ނުވަތަ ސަރުކާރުގެ އޮޅު ހިޔާ ކަމެއް ނިންމާނީ ތިބޭފުޅުންނެވެ. އެހެން ނަމަވެސް އެ މަޖިލިހުގެ މަގާމުތަކުގައި ތިބި ގިނަ މެމްބަރުންނަކީ ނަޒާހަތްތެރިން ނޫން ކަމާއި، އަމާނާތްތެރިން ނޫންކަން ދިވެހި ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ. އެ މީހުންނަކީ ނުރައްކާތެރި އެތައް ކުށްތަކެއްގައި ބައިވެރިވެ ފަސްބައި ކިލަނބު ވެފައިވާ މީހުން ކަމަށް ރައްޔިތުން ގަބޫލު ކުރެއެވެ.

އެއްބަޔަކީ މަސްތުވާ ތަކެތީގެ ރެކޯޑް އޮތް މީހުންކަމާއި، އަނެއްބަޔަކީ ވައްކަމުގެ ތުހުމަތުތައް ފުޅާކޮށް ކުރުމުގެ ރެކޯޑް އޮތް މީހުންކަމަށް ބުނެއެވެ. ކޮރަޕްޝަނާއި، ބިރު ދެއްކުމާއި ބްލެކް މެއިލްކުރުމުގެ ތުހުމަތުތައް ގިނަ ބަޔަކު ކުރަމުންދާ ބައެކެވެ. ދައުލަތުގެ ގިނަ މަގާމުތަކުގައި ތިބި މީހުންގެ ބަރަހަނާ މަންޒަރުތަކާއި، ނުރައްކާތެރި މައްސަލަތައް އުފައްދާ މީހުން ހުދު ގަމީހުގައި ޓައީ އަޅާ ކޯޓުލައިގެން ތިބޭ ކަމީ މިއަދު ދެބަސް ނުވެވޭނެ ހަގީގަތެކެވެ.

ގާނޫނު އަސާސީއިން ސަރުކާރަށް ފާރަވެރިވުމަށާއި ޖަވާބުދާރީ ކުރުވަން ހޮވާފައިވާ މަޖިލިސް ސަރުކާރުގެ ލައިފް ލައިނަށް ބަދަލުވުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ އަސްލުތަކާއި ހިލާފު ހަމަތަކެއް ކަމުގައި ނޫނީ ނުވާނެއެވެ. ދައުލަތުގެ އިދާރާތަކުގައި ހުންނަ މައުލޫމާތުތަކަކީ އެ މައުލޫމާތުތަކުގެ އަލީގައި ބައެއްގެ ދިރިއުޅުން މުޅީންހެން ހަލާކުކޮށްލެވޭނެ ވަރުގެ މައުލޫމާތެވެ. ސިފައިންނާއި ފުލުހުންގެ އަތުގައި ހުރި މައުލޫމާތު ތަކަކީ ބައެއްގެ ދިރިއުޅުން ގުރުބާން ވެދާފަދަ މައުލޫމާތުތަކެކެވެ. ހާއްސަކޮށް ކުއްވެރި އޯގަނައިޒް ކުށްތައް އިންތިޒާމް ކުރުމުގެ ވިސްނުން ބޮޑު ބަޔަކަށް އެ މައުލޫމާތުތައް ލިބުމަކީ ކޯޓު ތަކުގައި ހިނގާ މައްސަލަތައް ނިވާ ފަތްގަނޑަކަށް ހަދާ އެބަޔަކު ލައްވާ ގިނަގުނަ ނުރަނގަޅު ކަންކަން ކުރެވިދާނެ ފަދަ މައުލޫމާތެވެ. ނުވަތަ އެ ބައެއްގެ މާލިއްޔާ ހުސްކޮށްލެވިދާނެ ފަދަ ނުރައްކާތެރި މައުލޫމާތެވެ.

ގައުމީ ވިސްނުން ނުބައި ކަންކަމުގެ ފަރުދާއަކަށް ހެދުމުގެ ވިސްނުމުގައި ތިބި ކަމަށް ތުހުމަތުވާ އެފަދަ ފަރާތްތައް ދައުލަތުގެ އިދާރާތަކުގައި ހުރި މައުލޫމާތުތަކަށް އެއްވެސް ނިވަލެއް ނެތި ކައިރި ވެވޭނަމަ ދައުލަތުގެ ހިންގުމުގެ ނިޒާމަށް އިސްލާހު ގެންނަން ޖެހެއެވެ. ސަބަބަކީ ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ބަޔަކަށް އެކަންކަން ވެދާނެތީއެވެ. ދައުލަތުގެ އިދާރާތަކާއި މުއައްސަސާ ތަކާއި އިދާރާތަށް ދެކެ ނާއުންމީދު ވެފައިވާ މީހުންގެ ވިސްނުމަށް އެ މުއައްސަސާތައް އިތުރަށް އިތުބާރު ގެއްލުމަކަށް ވެދާނެތީއެވެ.

ސަރުކާރުގެ ދިފާއުގައި ކުރަން ނުވާނެ ކަން ކަން ހުންނާނެއެވެ. މިއަދުގެ ހާލަތަކީ ދިވެހި ދައުލަތް އެކުއެކީ އެއް ވަށިގަނޑަކަށް އަޅާން ލިބުމުން ދައުލަތެއްގެ ސިފަ ދިވެހިރާއްޖެއިން ގެއްލޭ ތީއެވެ. މި ހާލަތުގައި އެފަދަ ސިއްރު ހައްސާސް މައްސަލަތަކުގެ މައުލޫމާތު ބޮޑެތި ކުށްކުށުގެ ތުހުމަތުވާ މީހުންގެ ޖީބުގައި އޮތުމަކީ ދިވެހީންނަށް އޮތް ވަރަށްބޮޑު ބަދު ނަސީބެކެވެ. ބޮޑު މާޔޫސް ކަމެކެވެ. ދިވެހީންނަށް ދެވޭ އަނިޔާއެކެވެ. ރައްޔިތުންގެ ހައްގުތަކެއް ތަބަކަށްލާ ވިއްކުމެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?