March 15, 2026
Advertisement
ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް
ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް / ތޭރަ އޮންލައިން

ފްލެޓަކާއި، 12،000 ރުފިޔާ ދީގެން ވަރިތައް ގިނަވާކަށް ނޭނދެން: ރައިސް ޔާމީން

Faina Faiz
ފައިނާ ފާއިޒް
Nov 26, 2025, 10:22 PM
މާލެ ސިޓީ

ފްލެޓަކާއި 12،000 ރުފިޔާ ދީގެން ވަރިތައް ގިނަ ވާކަށް ބޭނުންފުޅު ނުވާކަމަށާއި، މިއީ އިޖުތިމާއީ ޕޮލިސީތަކުގެ ފެއިލް ވެގެންދާ ޕޮލިސީތައްކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ހުޅުމާލޭ ފޭސް 2 ގައި ޒުވާނުން އިސްނަގައިގެން ހުކުރު ދުވަހުގެރޭ ބޭއްވި "ރައިޒް އަޕް ޔޫތު" އިވެންޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވެލައްވަނީ ރާއްޖެ އަލުން ނަގާ ކޮޅަށް ޖައްސަވާ އަލުން އާރާސްތުކުރުމަށް ކަމަށެވެ.

ހަމައެހެންމެ ބޭނުންފުޅުވެލައްވަނީ ޒުވާނުންގެ އުންމީދުތަށް ފުރިހަމަކޮށްދެއްވާ، މައިންނަކީ ހިނިތުންވެފައި ތިބޭ ބަޔަކަށް ހައްދަވާ، ބައްޕައިންނަކީ ޒިންމާދާރު ބަޔަކަށް ހެއްދެވުމަށް ކަމަށްވެސް ރައިސް ޔާމީން ވިދާޅުވިއެވެ.

މި މަސައްކަތް ކުރުމަށް އިގްތިސާދީ ޕޮލިސީތައް ވަރުގަދަ ކުރުމުގެ މުހިންމުކަމަށްވެސް އެމަނިކުފާނު ވަނީ އަލިއަޅުވާލައްވާފައިއެވެ.

ރައިސް ޔާމީން އިތުރަށް ވިދާޅުވީ މި ކަންތައްތައް ހާސިލްކުރުމަށް ކުރަން ހުރި މަސައްކަތް ވަރަށް ގިނަ ކަމަށެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ މި މަސައްކަތްތައް ކުރާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved