March 16, 2026
Advertisement
-
- / އަލީ ނިޝާން

ކޮން ކަހީނެއްގެ އިރުޝާދަށް ތޯ މުއިއްޒު ރާއްޖޭގައި ހުރި ބިޔަ ހުރިހާ ނިކަގަސްތައް ކަނޑަން ނިންމަމުން މިދަނީ؟

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 27, 2025, 04:57 AM
މާލެ ސިޓީ

ވިލިމާލޭގައި ހުރި އެތަކެއް އަހަރުވީ ބޮޑު ދެ ނިކަ ގަހެއް ކަނޑާލުމަށް މި ސަރުކާރުން ނިންމުމާއި ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ސަރުކާރަށާއި މުއިއްޒަށް އަމާޒުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހު ވިލިމާލޭ ރައްޔިތުންނާ މުއިއްޒު ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި، ޖަލްސާއަށް ހާޒިރުވި އަވަށުގެ ރައްޔިތުންވަނީ، ވިލިމާލޭގައި ހުރި ދެ ނިކަގަހުގެ ސަބަބުން ގިނަ އަނދަގޫތަކެއް އެ ގަސް ހުންނަ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ވަމުންދާކަން ފާހަގަކޮށްފައެވެ. މިއާއިއެކު މުއިއްޒު ވަނީ އެ ޖަލްސާއަށް ދިޔަ މީހުންގެ މެދުގައި އަތް އުފުލައިގެން ވޯޓެއް ނަގައި އެ ދެ ގަސް ކަނޑާލަން ނިންމެވިކަން އިއުލާން ކުރެއްވާފައެވެ.

މިއާއިއެކު، މި ގަސްތަކަކީ ސަތޭކަ އަހަރުވީ ތާރީޚެއް އޮތް ގަސްތަކެއް ކަމަށާއި ވިސްނާނުލާ މިފަދަ ނިންމުންތައް ނުނިންމުމަށް ބުނެ އާންމުން އަންނަނީ މުއިއްޒަށް ގޮވާލަމުންނެވެ.

މީގެ އިތުރުން، މުއިއްޒަކީ އެހެން ރާއްޖެއެއް ހޯދަން އުޅޭ މީހެއްކަން ވަރަށް ސާފުކަމަށް ބުނެ ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލްވެސް ވަނީ މުއިއްޒަށް ނުރުހުން އަމާޒުކޮށްފައެވެ. މިއީ ސީދާ ރިޕަބްލިކް އޮފް ކޮރަޕްޝަން ކަމަށާއި ވެރިކަން ކުރުމުގެ އެއްވެސް ޝަރުތެއް މުއިއްޒުގެ ފުރިހަމަ ނުވާކަން މުއިއްޒު އަންނަނީ ފަހަރަކު ކަމަކަށްފަހު ކަމަކުން ރައްޔިތުންނަށް ސާބިތުކޮށްދެމުން ކަމަށްވެސް މަލީހް ސިފަކުރެއްވިއެވެ.

މި ނިކަ ގަހަކީ 100 އަހަރަށް ދާ ތަރިކައެއް ކަމަށާއި މި ގަސް ކަނޑާލުމަކީ ކުޑަ ކުޑަ ދިވެހިރާއްޖޭގެ ތިމާވެއްޓަށްވެސް ދެވޭ ގެއްލުމެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

ރައްޔިތުންގެ އެހެނިހެން ކަންބޮޑުވުންތަކަށް މިހާ އަވަސް ހައްލެއް ހޯދަން މުއިއްޒު މަސައްކަތް ނުކުރައްވަނީ ކީއްވެގެންތޯވެސް އާންމުން އަންނަނީ މުއިއްޒަށް ސުވާލުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved