March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުއިއްޒުގެ އަސްލު ސޫރަ އަސްމާއަށް: ކޮމިޓީތަކުން ވަކިކޮށް، ޔޫކޭ ދަތުރުވެސް ކެންސަލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 29, 2025, 06:13 PM
މާލެ ސިޓީ

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ)، އެ ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގެ ސަބަބުން ބަދުނާމު ވެއްޖެ ކަމަށާއި އެހެންވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އަސްމާއަށް ރައީސް މުހައްމަދު މުއިއްޒު އެންގެވި ކަމުގެ މައުލޫމާތުތަކެއް ފެތުރިއްޖެއެވެ.

Advertisement

މާފަންނު އަވަށުގެ ރައްޔިތުންނާއެކު މުއިއްޒު ބާއްވާ ބައްދަލުވުމުގައި ހިޔާލުފާޅު ކުރަން ބޭނުންވާ މީހުން އަންގައި ދިނުމަށް އެދި އަސްމާ މާފަންނު މެދު ދާއިރާގެ މެންބަރުންނަށް މެސެޖު ކުރެއްވީ، ވީހާވެސް ގިނަ ރައްޔިތުންގެ ސުވާލާއި ހިޔާލު މުއިއްޒުގެ އަރިހަށް ގެންދެވުމުގެ ބޭނުމުގައި ކަމަށް އަސްމާ ބުނެފައިވެއެވެ.

މި ކަމާއި ހިތްހަމަނުޖެހި ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުންނާއި، ޔޫކޭ-މޯލްޑިވްސް ފްރެންޑްޝިޕް ގްރޫޕުގެ ޗެއާކަމުން، އަސްމާ އިއްޔެ ވަކިކޮށް، އަދި އަސްމާ ޔޫކޭއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތް މަޖިލީހުގެ ދަތުރެއް މުއިއްޒު ވަނީ ކެންސަލްކޮށްފައެވެ.

މިކަންކަމަކީ ސީދާ މުއިއްޒުގެ އިރުޝާދުގެ ދަށުން ނިންމެވި ކަންކަމަށް ބާރު ލިބިދޭ މެސެޖުތަކެއްވެސް ދައުރުވަމުން އަންނަ ކަމަށް އަޑު ފެތުރިފައިވެއެވެ.

މީގެ އިތުރުން، މިކަމާއި ގުޅިގެން އަސްމާ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ 26 ނޮވެމްބަރު ވަނަ ދުވަހު އެ ދާއިރާގެ މެންބަރުންނަށް ފޮނުވާފައިވާ މެސެޖަކީ ރައީސް ބައްދަލުކުރައްވާ ޖަލްސާގައި ރައީސް އާއި ސީދާ ސުވާލުކުރުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާ ބޭފުޅުންގެ ކަންބޮޑުވުންތައް ރައީސް އަރިހަށް ގެންދިޔުމަށް ފަސޭހަ ކުރުމުގެ ގޮތުން ފޮނުވި މެސެޖެއް ކަމަށެވެ. އަދި އެ ދާއިރާގެ އެއްވެސް ބޭފުޅެއްގެ ކަންބޮޑުވުންތައް ހިއްސާ ނުކުރެވި ހުރުމަކީ އަސްމާ ބޭނުންފުޅުވާ ގޮތެއް ނޫން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ސީނިއާ، އަދި އުމުރުން އެންމެ ދޮށީ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްމާއަކީ އެ ޕާޓީގެ އެތެރޭގައި ގޯސްކޮށް ހިންގާ ކަންކަމަށް ފާޑުވިދާޅުވާ މެންބަރެއްކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved