March 12, 2026
Advertisement
-
- / ސަން އޮންލައިން

މުއިއްޒު އުޅުއްވަނީ ފެއިލްެވެފައި ތިބި ބަޔަކު ނެރެގެން ސަރުކާރުގެ މޫނުމަތި ޒީނަތްތެރިކުރަން: ރައީސް ޔާމީން

Nov 29, 2025, 08:19 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު އުޅުއްވަނީ ފެއިލްެވެފައި ތިބި ބަޔަކު ނެރެގެން ސަރުކާރުގެ މޫނުމަތި ޒީނަތްތެރިކުރަން ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ޕީއެންއެފުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޓައުން ހޯލު ޖަލްސާގައި، ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ކުރީގެ ރައީސުންގެ އިނާޔަތް ކަނޑާލަން އިސްލާހެއް މަޖިލީހަށް ހުށަހަޅަފައި އޮތް މައްސަލައިގައި ބަހުސް ކުރައްވަމުން ޕީއެންސީގެ ޕީޖީ ލީޑަރުގެ މަގާމުގައި ހުރި އިބްރާހިމު ފަލާހު ރައީސް ޔާމީނަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަށް އެމަނިކުފާނު ވަނީ ރައްދު ދެއްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ޕީއެންއެފްގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވާ ފަދައިން މި ސަރުކާރުގައި ތިބީ މަރުކަހުންނާ ރޯނު އެދުރުން ކަމަށެވެ. ރައީސް މުއިއްޒުގެ އަރިހުގައި އިލްމީ ގާބިލު ވާހަކަ ދައްކަން ފޯރަމްތަކަށާ މަޖިލިސް ތަޅުމަށްވެސް ނުކުންނާނެ ބަޔަކު ނުތިބޭނެ ކަމަށާ މަޖިލިސް ތަޅުމުގައި އެ މެމްބަރުން ދައްކާ ވާހަކައިން ވެއްޓެނީ ސަރުކާރުގެ އަގު ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ސަރުކާރު ތެރޭގައި ހާވަމުންދާ ހަޑި ސާފުކޮށް ދިފާއުކުރަން ނުކުންނާނީ ފަލާހުމެން ފަދަ "ކައްޓަލަ"އިން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިހާރު އަޮތީ އިލްމީ ގާބިލު ޖީލެއް ކަމަށާ އެކުދިން ގައުމުގެ ކަންކަމަށް އަހުލުވެރިކުރުވަން ބޭނުން ނަމަ ޖެހެނީ އިލްމީ ގާބިލު ވާހަކަ ގައުމުގެ މުސްތަގުބަލާ ގުޅިގެން ދައްކަން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved