March 12, 2026
Advertisement
-
- / ރައީސް އޮފިސް

ހަރާމު ވެރިކަމަކުން ނިކުންނާނީ ބޮޓޭކޯ ފަދަ "ނަޖިސްތައް": ޑރ ޖަމީލު

Nov 29, 2025, 10:06 PM
މާލެ ސިޓީ

ނުހައްގު ވެރިކަންތަކުން ނުކުންނާނީ ނުރަގަޅު ނަތީޖާ ކަމަށް ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި، ޕީއެންސީގެ ޕީޖީ ލީޑަރުގެ މަގާމުގައި ހުރި އިބްރާހިމު ފަލާހުމެން ފަދަ މީހުން ގޮވައިގެން ހާވަމުންދާ ހަޑިއަށް ނަޒަރު ހިންގަވާ ލައްވ ޑރ ޖަމީލު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަން މިއަދު ޙަލާލު ނުވާނެ ކަމަށެވެ. ސަބަބަެއްކަމުގައި ޑރ ޖަމީލު ފާހަގަކުރެއްވީ، ރައްޔިތުން ވޯޓް ދިން މުއިއްޒެއް ނޫން އެހެން މުއިއްޒެއް މިއަދު ވެރިކަމުގައި ހުރުމުން ކަމަށެވެ.

ވެރިކަމަށް އައުމަށް ރައީސް އަބްދުﷲ ޔާމީންގެ ހުސްގޮނޑި ދައްކާ ރައްޔިތުންނަށް ރައީސް މުއިއްޒު ވީ ވައުދަކީ މަޙްޝަރު ކުރެވޭ ދުވަހުވެސް އޮޮޅުވާލެވިދާނެ ކަމެއް ކަމަށް ހީކުރުމަކީ ބޮޑު ކުފުރުގެ ވިސްނުމެއް ކަމަށްވެސް ވިދާޅުވެ ޑރ ޖަމީލު ވަނީ ހަރާމު ވެރިކަމަކުން ނިކުންނާނީ ބޮޓޭކޯ ފަދަ "ނަޖިސްތައް" ކަމަށް ވިދާޅުވެފައެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރަކީ ވީ އެއްވެސް ވައުދެއް ނުފުއްދާ ސަރުކާރެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. އަދި ސަރުކާރުން ހިންގަމުންދާ ނުރަގަޅު ކަންކަމުގެ ވާހަކަ ދެއްކުމުން ދިފާއުވާން ކުރައްވާ ކަންކަމުން ސަރުކާރުގެ އިތުބާރު އެންމެ ދެ އަހަރު ތެރޭ ރައްޔިތުންގެ މެދުގައި ގެއްލިފައިވާ ކަމަށް ގިނަ ރައްޔިތުން ގެންދަނީ ބުނަމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved