March 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރަށްރަށުގައި ޕާސްޕޯޓް ޚިދުމަތް ދޭނެ ކަމަށް ބުނެ މުޢިއްޒުގެ ވަޢުދު ފެނަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 1, 2025, 12:07 AM
މާލެ ސިޓީ

ރައީސް މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި މުހިންމު ވަޢުދުފުޅެއް ކަމަށްވާ، ރާއްޖޭގެ ރަށްރަށުގައި ޕާސްޕޯޓް ޚިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް، އެދެވޭ ގޮތަކަށް ފެށިފައިނުވާތީ، ރައްޔިތުންގެ އުއްމީދުތައް ފެނަށްވެ، ސަރުކާރުގެ ރޭވުންތަކަށް ސުވާލު އުފެދިއްޖެއެވެ.

Advertisement

ޚާއްސަކޮށް، މުޢިއްޒު މިދިޔަ އަހަރުގެ ޖެނުއަރީ 29 ގައި ހއ. އިހަވަންދޫގައި ބޭއްވި ޖަލްސާއެއްގައި، އައި.ޑީ.ކާޑު އަދި ޕާސްޕޯޓް ޚިދުމަތަކީ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވެފައިވާއިރު، އަދިވެސް އެ ވަޢުދުތައް ފުއްދުމަށް އަމަލީ އެއްވެސް މަސައްކަތެއް ކުރާތަން ނުފެނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެގެންދާ ކަމެކެވެ.

ރައީސް މުޢިއްޒުގެ ވެރިކަމުގެ ދެ އަހަރުތެރޭގައި ޕާސްޕޯޓް ޚިދުމަތްތައް ރަށްރަށަށް ފުޅާކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާ މެދު އާންމުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ޕާސްޕޯޓު ހެއްދުމަކީ، ގިނަ ރައްޔިތުންނަށް، ޚާއްސަކޮށް ދުރު ރަށްރަށުން މާލެއަށް ދަތުރުކޮށް ހަދަންޖެހޭ ކަމަކަށްވާއިރު، މިއީ ވަގުތާއި ފައިސާގެ ގޮތުން ބޮޑެތި ޚަރަދުތަކެއް ކުރާންޖެހޭ ކަމެކެވެ. މިކަމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ ރައީސް ވައުދުވެފައިވާއިރު ރައްޔިތުން ވަނީ މުއިއްޒުގެ މިފަދަ ވައުދުތައް ގަބޫލުކުރުން ހުއްޓާލާފައެވެ.

ޕާސްޕޯޓު ޚިދުމަތް ފެށިކަމަށް އިއުލާނު ކުރި ބައެއް ރަށްތަކަކީ، އެއްވެސް ވަރަކަށް އެކަމުގެ ބޭނުމެއް ނެތް ރަށްރަށެވެ. ކ. ތުލުސްދޫ އަކީ ޕާސްޕޯޓް ޚިދުމަތް ބޭނުންވާ މިންވަރަށް އާބާދީ ބޮޑު ރަށެއް ނޫން ކަމަށާއި މިއީ ސަރުކާރުގެ ރޭވުންތަކުގެ ތެރޭގައި ހުރި ބައެއް ބޭކާރު ކަންކަން ދައްކުވައިދޭ ކަމެއް ކަމަށް ބެލެވޭ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ޕާސްޕޯޓު ހެއްދުމަކީ އާދައިގެ މަސައްކަތެއް ނޫނެވެ. ޕާސްޕޯޓު ޕްރިންޓުކުރާ މަރުކަޒުތައް ހުންނަންޖެހެނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށްވާއިރު ރަށްރަށުގައި މިފަދަ މަރުކަޒުތައް ގާއިމުކުރުމަށް ބޭނުންވާ ފަންނީ ތަޖުރިބާކާރުންނާއި ވަސީލަތްތައް ހަމަޖެއްސުމަކީ ބޮޑު ގޮންޖެހުމެކެވެ.. މިފަދަ ކަންކަން ރަނގަޅަށް ބަލާނުލާ، އަވަސް އަވަހަށް ވަޢުދުތައް ވެ، އެ ވަޢުދުތައް ފުއްދުމުގައި ފަސްޖެހޭތީ، ރައްޔިތުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

ސަރުކާރުގެ ވައުދުތައް ފުއްދުމުގައި ދައްކަމުންދާ މިފަދަ ލަސްކުރުންތަކާއި، ބައެއް ރަށްތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ނާގާބިލުކަމުގެ ސަބަބުން، ރައްޔިތުންގެ މެދުގައި ވަނީ ނަފްރަތާއި ކަންބޮޑުވުން އުފެދިފައެވެ. ރައްޔިތުން ބޭނުންވަނީ، ދެވިފައިވާ ވަޢުދުތައް އަވަހަށް ފުއްދައި، ދިރިއުޅުމަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށެވެ. މިކަމަށް ސަރުކާރުން އަވަސް ހައްލެއް ހޯދައިދިނުމަކީ ރައްޔިތުން މިހާރުވެސް އެދެމުންދާ ކަމެކެވެ.

-
-

ސަރުކާރުގެ ވައުދުތައް ފުއްދުމުގައި ދައްކަމުންދާ މިފަދަ ލަސްކުރުންތަކާއި، ބައެއް ރަށްތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ނާގާބިލުކަމުގެ ސަބަބުން، ރައްޔިތުންގެ މެދުގައި ވަނީ ނަފްރަތާއި ކަންބޮޑުވުން އުފެދިފައެވެ. ރައްޔިތުން ބޭނުންވަނީ، ދެވިފައިވާ ވަޢުދުތައް އަވަހަށް ފުއްދައި، ދިރިއުޅުމަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށެވެ. މިކަމަށް ސަރުކާރުން އަވަސް ހައްލެއް ހޯދައިދިނުމަކީ ރައްޔިތުން މިހާރުވެސް އެދެމުންދާ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved