theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މިނިސްޓަރ މޫސާ ޒަމީރު ރައީސް މުއިއްޒު އަރިހުގައި / ސޯޝަލް މީޑިއާ
ސިޔާސީ
ބަޖެޓް ރިކަރަންޓް ޚަރަދަށް ތަޅާ ބުރުއްސާލުމަކީ ވެވޭ ޚިޔާނާތެއް: މަލީހު
02 ޑިސެމްބަރު 2025
މާލެ ސިޓީ

މުޅި ބަޖެޓުރިކަރަންޓު ޚަރަދަށް ހޭދަކުރުމަކީ ގައުމަށް ވެވޭވ ޚިޔާނާތެއް ގޮތުގައި ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު ޖަމީލު ސިފަކުރައްވައިފިއެވެ.

މަލީހުވަނީ ޕީއެންސީގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލު މަގެއްގެ ޕޭވްމަންޓަށް ހޮޅިޖަހާ ތަޅާ ސުންނާފަތި ކުރާ ފޮޓޯއެއް ހިއްސާކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓުގައި މަލީހު ވިދާޅުވެފައިވަނީ ޕީއެސްއައިޕީއަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ މިންވަރު ދަށްވުމަކީ ތަރައްޤީގެ މަގުގައި ހާސިލުކުރަމުން އައި ލަނޑުދަނޑިތައް ހާސިލްނުވާނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން މުޅި ބަޖެޓް ރިކަރަންޓް ޚަރަދަށް ތަޅާ ބުރުއްސާލުމަކީ ޤައުމަށް ވެވޭ ޚިޔާނާތެއް ކަމަށް ވިދާޅުވެ މަލީހު ވަނީ މިއީ އިސްލާހުކުރަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 17 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ޕީއެސްއައިޕީ ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރަން ހިސާބު ޖަހާފައިވަނީ، 8.3 ބިލިއަން ރުފިޔާއެވެ.

ބަޖެޓުގެ %62 ކަނޑައަޅާފައިވަނީ ރިކަރަންޓު ހަރަދަށެވެ. އެއީ 39.9 ބިލިއަން ރުފިޔާއެވެ. އެގޮތުން ޖުމްލަ ހަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މުޅި ބަޖެޓުގެ 62 ޕަސެންޓެވެ. މިއީ މިއަހަރުގެ ބަޖެޓަށް ވުރެ 3.3 އިތުރު އަދަދެކެވެ. ރިކަރަންޓް ހަރަދުގެ ތެރެއިން މުވައްޒަފުންގެ މުސާރައަށް އެކަނި 17 ބިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved