theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ވާނުވާ ބަންދު އުވާލަން ގޮވާލާ ކުރި އިހުތިޖާޖެއްގެ ތެރެއިން / ތޭރަ އޮންލައިން
ހަބަރު
ހަޤީޤަތަކީ ވާނުވާ ބަންދަކީ ސިޔާސީ ބޭނުމަށް ކުރާ ވިޔަފާރިއެއް: ޝައިޚު ފަޒްލޫނު
Mariyam Isaadha
މަރިޔަމް އިސާދާ
03 ޑިސެމްބަރު 2025
މާލެ ސިޓީ

ހަޤީޤަތަކީ ވާނުވާ ބަންދަކީ ސިޔާސީ ބޭނުމަށް ކުރާ ވިޔަފާރި އެއް ކަމަށް އައްޝައިޚު ފަޒްލޫނު ބިން މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝައިޚު ވަނީ އާންމު ރައްޔިތަކު ގައުމުގައި ކަންކަން ވަމުންދާ ގޮތާމެދު ނުރުހުން ފާޅުކޮށް ލިޔެފައިވާ ޕޯސްޓެއް ހިއްސާކުރައްވާފައެވެ.

އެގޮތުން ޖިންސީ ގޯނާގެ ކުށަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު، އެކުށުގެ ތުހުމަތު ކުރެވޭ ސަނީ އުމަރު ބަންދުނުކޮށް ފުރަތަމަ ދޫކޮށްލި ދޫކޮށްލުމަށް އިޝާރާތްކޮށް އާންމު ރައްޔިތަކު ވަނީ ވާނުވާ ނަްދަކީ ވަކި ބަޔަކަށް ޖަހަން އޮންނަ އެއްޗެއްތީ ސުވާލު އުފައްދާފައެވެ.

އެ ވާހަކަތަކަށް އިޝާރާތްކުރައްވާ ޝައިޚު ވިދާޅުވީ، ވާނުވާ ބަންދުގެ މައްސަލައާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު އެދިގެން ބައްދަލުކުރަން ދިއުމުން އެންމެ ބޮޑަށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކީ ޖިންސީ ގޯނާގެ ކަންކަމާ ގުޅިގެން ވާނުވާގައި ތިބި މީހުންގެ ވާހަކަ ކަމަށާ، އަދި އެނޫން މީހުންނަށް އެނަލިސިސްއެއް ހެދުމަށް ފަހު ލުއިތަކެއް (ޓެގް އަޅުވައި ޝަރުތުތަކާއެކު) ދެވިދާނެކަމަށް ވިދާޅުވި ކަމަށެވެ.

ނަމަވެސް މިއަދާ ހަމައަށް އައިއިރު ފެންނަ މަންޒަރަކީ އޭގެ ދިމާ އިދިކޮޅުކަން ފާހަގަކުރައްވާ ޝައިޚު ވިދާޅުވީ މިހާރު ފެންނަނީ ކުރިން ސަރުކާރުގައި ތުހުމަތުތައް އަމާޒުވި ރޯޔަލް ރޭޕިސްޓް ފަދަ ކޭސްތައް މި ސަރުކާރުގައިވެސް އެބަ ހުރި ކަމަށެވެ. އަދި ހަޤީޤަތަކީ ވާނުވާ ބަންދަކީ ސިޔާސީ ބޭނުމަށް އަދި މީހުންގެ މުދާ ބާޠިލު ގޮތުގައި ކެއުމަށް ސިޔާސީ ވެރިންނާ، ފުލުހުންނާ، ކަރެކްޝަންސް، ކޯޓުތައް އަދި ކަމާ ގުޅޭ އިދާރާތަކުން ހިންގާ އަނދިރި ވިޔަފާރިއެއް ކަަމެވެ.

ވާނުވާ ބަންދު ނުވަތަ ޝަރީއަތް ނިމެންދެން ބަންދު ކުރުން ނިމުމަކަށް ގެނައުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved