ހުޅުމާލެ ސަހަރާ ތެރޭ މައްޔިތެއްގެ ބަނޑު ފަޅާލައިގެން ޑްރުގް ނެގި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
އިތުބާރު ހުރި މަސްދަރަކުން ޗެނަލް 13އަށް މުއަތަބަރުކޮށް މައުލޫމާތު ދިން ގޮތުގައި، 30 ނޮވެމްބަރު ވަނަ ދުވަހު ހުޅުމާލޭގައި ހުރި ގެސްޓު ހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާ 3 ޑިސެމްބަރު ވީ ދުވަހު، ހުޅުމާލެ ސަހަރާއަށް ގެންގޮސް އެމީހާގެ ބަނޑު ފަޅާ މަސްތުވާ ތަކެތި ނަގާފާއިވެއެވެ. ޖުމްލަ 72 ބުލެޓު އެ މީހާގެ ބަނޑުން ނަގާފައިވާ ކަމަށް ގެއެވެ.
މިކަން ކޮށްފައި ދިވެއްސަކު ކަމަށާއި އަދި އެކަން ކޮށްފައިވަނީ ހުޅުމާލެ ސަހަރާ ތެރޭގައި ކަމެއް މައުލޫމާތު ލިބިފައިވެއެވެ.
ގެސްޓު ހައުސްގައި މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއްތޯ ނުވަތަ ބިދޭސީއެއްތޯ ފުލުހުން ހާމަކޮށްފައިއެއް ނުވެއެވެ. ނަމަވެސް ޗެނަލްއަން މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ބިދޭސީ ފިރިހެނެކެވެ. އޭނާއާއެކު އިތުރު ދެ މީހަކުވެސް ދާއްޖ އައި ކަމަށާ އެމީހުން ވަނީ އެމީހާ މަރުވުމުން ހަށިގަނޑު ގެސްޓު ހައުސްއަށް ދޫކޮށް ފިލާފައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ފަރާތުން މައުލޫމާތު ސާފުކުރަން ގުޅުމުން، މި ހަބަރު ޝާއިއު ކުރުމާހަމައަށްވެސް ފުލުހުންގެ ޖަވާބެއް ލިބިފައި ނުވެއެވެ.
ބެލެވޭ ގޮތުގައި އެމީހާ މަރުވީ ސްމަގްލް ކުރި ޑްރަގު ހަށިގަނޑުން ބޭރު ނުކުރެވި ގިނައިރު ވުމުންނެވެ.