March 16, 2026
Advertisement
.
. / ތޭރަގްރެފިކްސް

މަލީހްގެ ރައްދު ބާރަށު މައިކަށް: ފާޅުވެގެން ތިއުޅެނީ ޖާދޫގެ ޓެންޓުގެ ވިޔަފާރި ދަށްވެގެން

Yana Shareef
ޔާނާ ޝަރީފް
Dec 7, 2025, 08:53 AM

ވާނުވާ ބަންދު އުވާނުލާ ބަހަނާ ދައްކަވާތީ އެއީ ބޭނުންވެއްޖެނަމަ ފަސް މިނެޓް ތެރޭ ވެސް އުވާލެވޭނެ އެއްޗެއްކަމަށް ވިދާޅުވުމުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހަޖަމް ސިސްޓަމް އަނދައިގެން ފާޅުވެއްޖެއެވެ.

Advertisement

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ބާރަށު މައިކު އަނެއްކާވެސް ފާޅުވެގެން އުޅެނީ އޭނާގެ ޖާދޫގެ ޓެންޓުގެ ވިޔަފާރި ދަށްވެ ސަރުކާރުތެރެއިން އެއްޗެއް އަތުއަޅުވާލުމުގެ ނިޔަތުގައި ކަމަށްވުން ކައިރިކަމަށެެވެ.

އޮފިޝަލް އިވެންޓްސްގެ ވެސް ވެރިޔާ ޝުޖާއު މިދުވަސްކޮޅު އަނެއްކާވެސް ސަރުކާރަށް ސަނާ ކިޔަން ނިކުމެ އުޅެނީ އޭނާގެ ކުންފުންޏަށް ރައީސް މުއިއްޒު މިލިއަނުން ހަރަދުކުރާ އިވެންޓުތަށް ބާއްވަން ނުދޭތީއެވެ.

ޝުޖާއުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކުރެވޭއިރު އޭނާ ރައީސް ޔާމީނަށް ފާޑުކިޔުމަކީ "އައްޗި"ކަމެއްްކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ވާނުވާ ބަންދު އުވާލާނެކަމުގެ ވައުދާއެކު ވެރިކަމަށް އައުމަށްފަހު ދެއަހަރު ވެގެންދިޔައީ އެކަން ނުކޮށްކަަމަށާއި އެކަމަކީ ބޭނުންވެއްޖެނަމަ ވަރަށް ފަސޭހައިން ކުރެވޭނެކަމެއްކަމަށް ރައީސް ޔަމީނާ ހަވާލާދީ މާފަންނު ރައްޔިތުންނާއެކު މުއިއްޒު ބޭއްވި ބައްދަލުވުމުގައި ޒުވާނަކު ވަނީ ބުނެފައެވެ.

ޒުވާނާއަށް ރައްދު ދެއްވާ މުއިއްޒު ވިދާޅުވީ ބަންދުގައި ތިބި 300އަށްވުރެ ގިނަ ކުށްވެރިންކަމުން އެމީހުން ދޫނުކޮށްލާނެކަމަށެވެ.

ކުށުގެ ތުހުމަތު ކުރެވިފައިތިބި ބަޔަކީ ކުށްވެރިގެންކަަމަށް ދޭހަވާ މޭރަމުން މުއިއްޒު ވާހަކަ ދެއްކުމުން މުއިއްޒަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved