March 15, 2026
Advertisement
ސްރީ-ލަންކާ
ސްރީ-ލަންކާ / ސޯޝަލް މީޑިއާ

އަނެއްކާވެސް ސްރީ-ލަންކާއަށް މޫސުން ގޯސްވާނެ ކަމަށް ބުނެ ރަތް ސަމާލު ނެރެފި

Faina Faiz
ފައިނާ ފާއިޒް
Dec 9, 2025, 12:03 AM
މާލެ ސިޓީ

އަނެއްކާވެސް ސްރީ-ލަންކާއަށް މޫސުން ގޯސްވާނެ ކަމަށް ބުނެ އެ ގައުމުގެ 7 ސަރަހައްދަކަށް ރަތް ސަމާލު ނެރެފިއެވެ.

Advertisement

ބީބީސީއިން ކޮންމެ ދުވަހަކު ގެނަސްދޭ މޫސުން ޚަބަރުގައި މިއަދު ބުނެފައި ވަނީ ސްރީ-ލަންކާ ރައިރީ އުފެދިފައި އޮތް ކޮޅީގަނޑު ތޫފާނަކަށް ބަދަލުވުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށެވެ.

މި ކޮޅިގަނޑު ދަތުރުކުރަނީ ބަންގާޅު ކަނޑުގެ ހުޅަނގަށްކަމަށާއި، ކޮޅިގަނޑު ތޫފާނަކަށް ބަދަލު ވިޔަސް ނުވިޔަސް، މިއަދާއި މާދަމާ ލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބީބީސީގެ މޫސުމީ ޚަބަރު ގެނެސްދޭ ރިޕޯޓަރު ލުއިސް ލިއާ ބުންޏެވެ.

ސްރީ-ލަންކާގެ މެޓް ޑިޕާޓްމަންޓުން ވަނީ މިރޭ 11:00 އާ ހަމައަށް، ގަދަ ވިލާގަނޑެއްގެ އެޑްވައިޒަރީއެއް ނެރެ، 7 ޑިސްޓްރިކްޓަކަށް ރެޑް އެލާޓް އަދި 5 ޑިސްޓްރިކްޓަކަށް އެމްބަރ އެލާޓް ނެރެފައެވެ.

އަނެއްކާވެސް ލަންކާއަށް މޫސުން ގޯސްވަމުން އަންނަ އިރު ނިމިދިޔަ ހަފްތާގައި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަދި އެ ގައުމަށް މުޅިން އަރައިނުގަނެވޭކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved