March 16, 2026
Advertisement
ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް, ޕީއެންއެފްގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ..
ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް, ޕީއެންއެފްގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.. / ތޭރަ އޮންލައިން

އެންމެ ވަރުގަދަ ލީޑަރަކު މިވަގުތު ހުންނެވީ ޕީއެންއެފްގައި: މަލީހް

Yana Shareef
ޔާނާ ޝަރީފް
Dec 9, 2025, 08:25 PM

ސިޔާސީ ޕާޓީއަށް ކުރިޔަށްގެންދިޔުމަށް މުހިންމީ ވަރުގަދަ ލީޑަރެއްކަަމަށާއި މިވަގުތު އެންމެ ވަރުގަދަ ލީޑަރަކު ހުންނެވީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގައިކަމަށް އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވީ ޕީއެންއެފްގެ މަސައްކަތް މިހާރު މިސްރާބުޖަހާފައި ހުރީ ރައްޔިތުން އެންމެ ބޭނުންވާ މިސްރާބަށްކަމަށެވެ. ޕީއެންއެފް އިން ކޮންމެ ހަފްތާއެއްގެ ދެ ދުވަހު ރައްޔިތުންނާއެކު ބާއްވާ ޓައުން ހޯލް ޖަލްސާތަކުގައި ސަރުކާރު ޖަވާބުދާރިކުރުވުމަށް ގިނަގުނަ މަސައްކަތްތަށް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

"ޕާޓީއެއް ކުރިޔަަށް ދިއުމަށް އެންމެ މުހިންމީ ވަރުގަދަ ލީޑަރެއް. އެންމެ ވަރުގަދަ ލީޑަރަކު މިވަގުތު ހުންނެވީ ޕީއެންއެފްގައި." މަލީހުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މަލީހު އިތުރަށް ވިދާޅުވީ ޕާޓީއެއް ކުރިޔަަށް ދިއުމަށް އެންމެ މުހިންމީ ވަރުގަދަ ލީޑަރެއްކަމަށެވެ. އަދި އެންމެ ވަރުގަދަ ލީޑަރަކު މިވަގުތު ހުންނެވީ ޕީއެންއެފްގައިކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

މަލީހު މިފަދައިން ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ވެސް ލީޑަޝިޕް ތެރޭ ހަމަނުޖެހުން ހިނގާ އެ ޕާޓީގެ ހިނގުން ވެސް ހުއްޓިފައިވަނިކޮށެވެ.

މަލީހް ވިދާޅުވީ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްއާއެކު ޕީއެންއެފް ޓީމް ޤައުމު ހަމަމަގަށް އަޅުވާނެކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved