March 19, 2026
Advertisement
އަލީ ރައީސް މުއިއްޒަށް: ރައްޔިތުން އެދޭ ގޮތްތޯ ބަލަން ފެންނަ ނުފެންނަ ވޯޓަކަށް ދޭ
އަލީ ރައީސް މުއިއްޒަށް: ރައްޔިތުން އެދޭ ގޮތްތޯ ބަލަން ފެންނަ ނުފެންނަ ވޯޓަކަށް ދޭ / ސޯޝަލް މީޑިއާ

އަލީ ރައީސް މުއިއްޒަށް: ރައްޔިތުން އެދޭ ގޮތްތޯ ބަލަން ފެންނަ ނުފެންނަ ވޯޓަކަށް ދޭ

Dec 9, 2025, 09:02 PM
މާލެ ސިޓީ

ރައްޔިތުން ހޮވާ މަޖިލިސް މެމްބަރަކު، މެމްބަރު ކަމުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުވަން ކަމަށް ވާނަމަ ގާނޫނަށް ގެނައި އިސްލާހަކީ ރައްޔިތުން ބޭނުންވާ ގޮތްތޯ ބަލަން ފެންނަ ނުފެންނަ ވޯޓަކަށް ދާން ކެންދޫ ދާއިރާގެ ކުރިގެ މެމްބަރު އަލްއުސްތާޛު އަލީ ހުސެއިން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައިފިއެވެ.

Advertisement

ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ، މެމްބަރުން ވަކި ކުރާ އިސްލާހާ އެކު ސުޕްރީމު ކޯޓަށް ވެއްދި ދުސްތޫރީ މައްސަލަވެސް ކޯޓަށް ނުފޫޒު ފޯރުވައިގެން ހުއްޓުވާފައިވާ ކަމަށާ މެމްބަރުން މަޖިލީހުގައި ދޭ ވޯޓުގެ މައްސަލަ އެއްވެސް ތަހުގީގެއްކޮށް ނުބެލޭނެކަން ގާނޫނު އަސާސީގައި ސަރީހަކޮށް އޮތްއިރު މެމްބަރުން ދޭ ވޯޓަކުން ގޮނޑި ގެއްލޭނެ ގޮތަށް އިސްލާހު ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަލީ ވިދާޅުވީ، ރައްޔިތުންގެ އަޑު ގާތުން އެހުމަށް ކަމަށް ބުނެ ބާއްވަމުންދާ ބައްދަލުވުންތަކުން ރައްޔިތުން ސަރުކާރާ މެދު ނުރުހިފައި ތިބި މިންވަރު ހާމަވާ ކަމަށާ އެގޮތުން އާދައިގެ ރައްޔިތުން ނުކުމެ ގާނޫނު ސުވާލުތައް ވެރިންނާ ކުރަމުންދާއިރު މިއަދު ރައްޔިތުން ވެރިންގެ ކަންކަމަށް ފާރަލާ ހުށިޔާރުވެ ހޭލާ ތިބި މިންވަރު ހާމަވާ ކަމަށެވެ.

އަލީ ވިދާޅުވީ ދުސްތުރީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާ ސިޔާސީ ހުރިހާ އެންމެން އެއް މޭޒެއްގެ ދޮށަށް ޖަމާވެ އެކަންކަމާ މެދު މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved