theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން / އަވަސް.އެމްވީ
ހަބަރު
ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޕީއެންއެފްގެ ފޯރިގަދަ ޖަލްސާ މިރޭ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
11 ޑިސެމްބަރު 2025
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ފޯރިގަދަ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ޖަލްސާގައި އެ ޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީއެންއެފްއިން ވަނީ ހާމަކޮށްފައެވެ. ގައުމު ދެކެ ލޯބިވާ ހުރިހާ ފަރާތްތަކުން މި ޖަލްސާގައި ބައިވެރިވުމަށް އެ ޕާޓީއިން ވަނީ ދައުވަތު އަރުވާފައެވެ.

ޕީއެންއެފުން ހާމަކުރި ގޮތުގައި މި ޖަލްސާ އޮންނާނީ މިރޭ 20:45 ގައި، ހ. ދޫވެހީގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ. މިއީ ޕީއެންއެފްއިން ގައުމީ ކަންކަމަށް އަލި އަޅުވާލައި، ސަރުކާރު ޒިންމާދާރީ މަތީގައި ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބާއްވާ އިތުރު ޖަލްސާއެކެވެ.

އެ ޕާޓީއިން ވިދާޅުވީ، މި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ގައުމުގެ ހާލަތާއި ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މުހިއްމު ވާހަކަފުޅުތަކެއް ދައްކަވާނެ ކަމަށެވެ. އަދި ވީހާ ވެސް ގިނަ ބަޔަކު ޖަލްސާގައި ބައިވެރުވުމަކީ ޕީއެންއެފްގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް އެ ޕާޓީއިން ފާހަގަކުރިއެވެ.

ޕީއެންއެފްގެ ޖަލްސާތަކުގައި ގައުމުގައި ހުރި ކަންކަމާއި، ރައްޔިތުން ކުރިމަތިލާން ޖެހިފައިވާ މައްސަލަތަކަށް އަލި އަޅުވާލާ ބަހުސްކުރެވެއެވެ. އަދި އެކަންކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ނުދާތީ، ސަރުކާރު ޒިންމާދާރު ކުރުވަން އެ ޕާޓީއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ ޖަލްސާތަކުގެ ސަބަބުން ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވައި، ކަންކަމަށް ހައްލު ހޯދުމަށް މަޖުބޫރުކުރެވޭނެ ކަމަށް ޕީއެންއެފްއިން ދެކެއެވެ.

ޕީއެންއެފްގެ ޖަލްސާތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިރޭގެ ޖަލްސާ ވެސް ފޯރިގަދަވެ، ގިނަ ބަޔެއްގެ ސަމާލުކަން ދަމައިގަންނާނެ ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved