theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
"ރީސެޓު"ގެ ނަމުގައި ޕީއެންއެފްގެ ހަރަކާތެއް މި މަހުގެ 17 ގައި! / ސޯޝަލް މީޑިއާ
ހަބަރު
"ރީސެޓު"ގެ ނަމުގައި ޕީއެންއެފްގެ ހަރަކާތެއް މި މަހުގެ 17 ގައި!
Mariyam Isaadha
މަރިޔަމް އިސާދާ
11 ޑިސެމްބަރު 2025
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސިޔާސީ ބޮޑު ހަރަކާތެއް މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެ ޕާޓީއިން ބާއްވާ މި ހަރަކާތް ކުރިއަށް ގެންދާނީ "ރީސެޓު"ގެ ނަމުގައެވެ. މި މަހުގެ 17 ވަނަ ދުވަހުގެރޭ ބާއްވާ މި ބޮޑު ހަރަކާތަކީ ސިޔާސީ މުހިއްމު ކަންތައްތަކެއް ހާމަކުރުމަށްޓަކައި ބާއްވާ ޚާއްސަ އިވެންޓެއްކަމަށް އެ ޕާޓީއިން ހާމަކޮށްފައިވެއެވެ.

ހަރަކާތް ފެށިގެން ދާނީ އެރޭ 08:30ގައި އާޓިފިޝަލް ބީޗުގައެވެ. މި އިވެންޓުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ ކަމަށް ޕީއެންއެފުން މައުލޫމާތު ދީފައިވެއެވެ.

ރައީސް ޔާމީންގެ ޕާޓީއިން މިފަދަ އިވެންޓެއް ބާއްވަން ނިންމާ ތައްޔާރީތައް ވަމުންދާއިރު އެ ޕާޓީއަކީ މިވަގުތު އޮތް ސަރުކާރު ޒިންމާދާރު ކުރުވަން އެންމެ ބުރަ މަސައްކަތްކުރަމުންދާ ޕާޓީކަން ފާހަގަކުރެވެއެވެ.

ދާދި ފަހުންވެސް ޕީއެންއެފުން ވަނީ "ވޭކް އަޕް"ގެ ނަމުގައި ބޮޑު ހަރަކާތެއް ބާއްވާފައެވެ. ޕީއެންއެފްއަކީ ސަރުކާރުން ކުރަމުންދާ ދޯހަޅި ކަންކަން ފާހަގަކޮށް ކޮންމެ ހަފްތާއަކު ދެ ޖަލްސާ ބާއްވާ އެކަންކަން ރަގަޅުކޮށް ސަރުކާރު ޖަވާބުދާރީ ކުރުވާ ޕާޓީއެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved