ސަރުކާުރގެ ތިން ވުޒާރާއަކާ އެކު މާލެ ސިޓީ ކައުންސިލްގެ މުހިއްމު ލިޔެކިޔުންތަކެއްވެސް ހުރި ބަޔަކާ އެކު ގްރީން ބިލްޑިން އެނދި މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވެ 1 އަހަރު ފާއިތުވެއްޖެއެވެ.
ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އަދި އެންވަރަމެންޓް މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ސެކްޝަނާއި ލޭންޑް ސެކްޝަން ވެސް ހިނގަމުން ދިޔަ އިމާރާތުގައި ރޯވެ އަނދާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ހިންގި ޓިނު އިމާރާތުގައި ރޯވި އެ އަލިފާންގަނޑު ޖެހިގެން ހުރި ގްރީން ބިލްޑިންގުގައި ހިންގަމުން ދިޔަ އެންވަޔަރަމަންޓުގެ އޮފީހަށްވެސް ގެއްލުން ލިބުނެވެ. އެ ޓިނު އިމާރާތް ވަނީ އަނދާ ހުލިވެފައެވެ.
އެ އިމާރާތުގައި ފުރަމަތަ ކުޑަކޮށް ރޯވެފައި ހުރި އަލިފާން ގަނޑު ކުއްލިއަކަށް ބޮޑުވެ ފެތުރުނު ގޮތަކާ އަދި އެ ހާދިސާ ޖުމްލަލކޮށް ހިނގާ ދިޔަގޮތް ތަހުގީގުކުރުމަށް ފެށި ނަމަވެސް މިހާތަނަށް ތަހުގީގުގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ހިއްސާކޮށްފައިނުވެއެވެ.
ގިނަ ބަޔަކު ބުނާ ގޮތުގައި އެއީ ސަރުކާރުގެ ތެރެއިން ގަސްދުގައި ރާވައިގެން ހިންގި ކަމެއް ކަމަށާ އޭގެ ފަހަތުގައި ވަނީ ގެދޮރުވެރިޔާ މަޝްރޫއުގެ އަސްލު ލިޔެކިޔުންތައް ނައްތާލުމާ އަދި މާލޭގެ މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވި އިރު ހިންގާﷲައިހުރި ޖަރީމާތައް ފެންނަން ހުރި ލިޔެކިޔުންތައް ވެސް މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ސެކްޝަނާއި ލޭންޑް ސެކްޝަންއާ އެކު ނައްތާލުން ކަމަށެވެ. ހައުސިން މިނިސްޓްރީގައި ނޫމަޑި މައްސަލައިގެ ލިޔެކިޔުން ވެސް ހުއްޓެވެ.
މި އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު، އެ ހާދިސާގެ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ފުލުހުން މަސައްކަތްކުރި ނަމަވެސް ނޫސްވެރިންގެ ބައްދަލުވުން އެންމެ ފަހު ވަގުތު ވަނީ ސަބަބު ވެސް ހާމަނުކޮށް ކެންސަލްކޮށްފައެވެ.
އޭގެ ފަހުން އެ ހާދިސާގެ ތަހުގީގަށް އާންމުންގެ އެހީތެރިކަން ހޯދަން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ގައި ފުލުހުން އިއުލާނު ކުރިއެވެ. އެ ދުވަހު ފުލުހުން އެދުނީ ތިން މިނިސްޓްރީ އެނދި އަލިފާނުގެ ތަހުގީގަށް ބޭނުން ކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތެއް އެ ހިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާ ހިއްސާކުރުމަށެވެ.
އޭގެ ފަހުން އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން ފަންނީ އެހީތެރިކަން ދެމުންދާ ކަމަށް ސަރުކާރުން ހާމަކުރީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. އެ ޓީމު ރާއްޖެއިން ޑިސެމްބަރު 22 ގައި ފުރައިގެން ދިޔަކަން ސަރުކާރުން ހާމަކުރީ ޑިސެމްބަރު 27 ވަނަ ދުވަހުއެވެ.
އެ އިމާރާތް އެއްކޮށް އަނދައި ހުލިވެ، އެ އިމާރާތްތަކުގައި ހުރި މުހިންމު ބައެއް ލިޔުންތަކާއި ބައެއް ސާވާތައް ސަލާމަތް ކުރެވިފައެއް ނުވެއެވެ.
އެނދި މިނިސްޓްރީތަކުގެ ހިދުމަތް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލު ކޮށްފައިވާއިރު، ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ މިހާރު ވަނީ އެއްކޮށްލައިފައެވެ.