March 26, 2026
Advertisement
ރައީސް ޔާމީން އަބްދުލްޤައްޔޫމް
ރައީސް ޔާމީން އަބްދުލްޤައްޔޫމް / ސޯޝަލް މީޑިއާ

އަބަދު ފެހި ސިގްނަލް ފެންނަކަމަށް ވާނަމަ މުއިއްޒު ފަހަރުގަ ވެދާނެ ކަލާބްލައިންޑު މީހަކަށް: ރައީސް ޔާމީން

Faina Faiz
ފައިނާ ފާއިޒް
Dec 16, 2025, 12:41 AM
މާލެ ސިޓީ

އަބަދު ފެހި ސިގްނަލް ފެންނަކަމަށް ވާނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ކަލާބްލައިންޑު މީހަކަށް ވެދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ޖަލްސާގައި އެ ޕާޓީގެ ރައީސް، ރައީސް ޔާމީން ވިދާޅުވީ މުއިއްޒު ގެންގުޅުއްވަނީ އަބަދުވެސް ދެ ވިސްނުން ކަމަށެވެ. ވިސްނަވަނީ ދެ ސިކުނޑިން ކަމަށެވެ.

މަސްވެރިންގެ ކަންބޮޑު ވުން ތަކާއި ގުޅިގެން މަސްވެރިން ކުރި މުޒާހަރާތަކަށް 05 ދުވަސް ފަހުން މުއިއްޒުވަނީ، މަސްވެރިއްނާއި ބައްދަލުކޮށް އެމީހުންގެ ހާލަތު ރަގަޅު ކޮށްދޭނެ ކަމުގެ ފެހި ސިގްނަލް މުއިއްޒު ދިނުމާއި ގުޅިގެން ރައީސް ޔާމީން ވަނީ މުއިއްޒަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. މިގޮތުން މުއިއްޒުގެ ސަރުކާރު ކޮންމެ ހާލަތެއްގައިވެސް ފެހި ސިގްނަލް ރައްޔިތުންނަށް ދޭއިރުވެސް ސަރުކާރުގެ އެއްވެސް މަޝްރޫއެއް ނުވަތަ ޕްލޭނެއް ކުރިއަށް ނުދާ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ހުރިހާ ކަމެއްގައި މުއިއްޒު ދޮގު ހައްދަވާކަމަށް ބުނެ ރައީސް ޔާމީން ވިދާޅުވީ މުއިއްޒުއަށް އަބަދު ކުރިއަށް ދިޔުމަށް ފެހި ސިގްނަލް ފެންނަނީ މުއިއްޒު އަށް ކުލަ ވަކި ކުރަން ނޭންގޭތީކަމަށެވެ.

"މީނަ ފަހަރެއްގަ ވެދާނެ ދެއްތޯ ރޭގަނޑު ކުލަ އަނދިރި ވާ މީހަކަށް. މީނައަށް ފެހި ސިގްނަލް ފެނުނު ކަމަށް އެބުނީ، މީނަ ފެހި ކުލަ ކިޔަނީ، ފަހަރުގަ ވެދާނެ ދެއްތޯ އަޅުގަނޑުމެން މިކިޔާ ރަތްކުލައަށް ކަމަށެވެސް."

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް

ރައީސް ޔާމިން ވަނީ ރަތްކުލައާއި ފެހި ކުލަ ވަކި ކުރުމަށް، މުއިއްޒު ވިޝަން ޓެސްޓެއް ހެދުމަށްވެސް އިލްތިމާސް ކުރައްވާފައިއެވެ. އަދި މުއިއްޒު އަމިއްލައަށް ސައިކަލާއި ކާރު ނުދުއްވާކަން އެއީ ނަސީބެއް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އަމިއްލަފުޅަށް މުއިއްޒު ކާރާއި ސައިކަލު ދުއްވާ ނަމަ ޓްރެފިިކް ލައިޓަށް މަޑު ނުކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން، މުއިއްޒުގެ ނަފްސާނީ މައްސަލަތަކެއް ހުރި ކަމަށް ދިވެހިން ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވެ ރައީސް ޔާމީންވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ.

ފުލުހުން މިހާރު ވަނީ މުއިއްޒުއަކީ ކައްޒާބު ކަމުގެ ޔަގީންކަން ދީފައި ކަމަށާއި ކައްޒާބު އަބަދުވެސް ދޮގު ހަދާނެކަން ރައީސް ޔަމީން ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved