March 16, 2026
Advertisement
މުއިއްޒު
މުއިއްޒު / ގޫގުލް

ރީސެޓް ޖަލްސާއާއި ދިމާކޮށް ރައީސް މުއިއްޒު ކުއްލިއަކަށް ވިޔަފާރިވެރިން މަތިން ހަނދާންވެގެން ޖަލްސާއެއް ބާއްވަނީ

Yana Shareef
ޔާނާ ޝަރީފް
Dec 16, 2025, 11:50 PM

ޕީއެންއެފްގެ "ރީސެޓް" ޖަލްސާ އޮންނަ ރޭ ރައީސް މުހައްމަދު މުއިއްޒު ވިޔަފާރިވެރިންނަށް ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

Advertisement

ވެރިިކަމަށް ދެއަހަރު ވެގެންދިޔައިރު ވިޔަފާރިވެރިންގެ ހާލުވެސް ބަލާފައިނެތެވެ. އިންތިޚާބަށް ކެމްޕެއިން ކުރިއިރު ރައީސް މުއިއްޒު ވަނީ ވިޔަފާރިވެރިންގެ ވޯޓު ހޯދުމަށް ހުވަފެން ދައްކާ ގުނބޯ ހައްދާފައެވެ.

އަމިއްލަ ވިޔަފާރިތަަކަށް ދޭންޖެހޭ ފައިސާވެސް ނުދީ އެތައް ދުވަހެއްވެގެންދާއިރު މިދެނީ މިދެނީ ކިޔާލަ ކިޔާލަ ހުއްޓާ މިއަަހަރު ނިމިގެންދަނީއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރަސްއެޅޭ އެތައް ކަމެއް ސަރުކާރުން ވަނީކޮށްފައެވެ. އެގޮތުން ޑިވެލޮޕްމަންޓް ބޭންކް ހެދުމުގެ ނަމުގައި އެތަން ހިންގުމަށް އެސްއެމްއީ ހަބް ހިންގަމުން އައި އިމާރާތް ހުސްކުރުމަށް އަންގާ ވިޔަފާރިތަަކަށް ޖެއްސުންކުރި ހަނދާންވެސް އަދި މީހުން ނުނެތޭކަމަށް އަންނަނީ ބުނަމުންނެވެ.

ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު ވިޔަފާރިވެރިންނާ ބައްދަލުނުކޮށް ކުއްލިއަކަށް މިފަދަ ބައްދަލުވުމެއް ރާވާފައިވަނީ ޕީއެންއެފް އިން ބުދަ ދުވަހުގެ ރޭ "ރީސެޓް" ގެ ނަމުގައި ބޮޑު ޖަލްސާއެއްް ބޭއްވުމަށް ނިންމާފައިވަނިކޮށެވެ.

އެގޮތުން މި ޖަލްސާއަކީ މި ސަރުކާރުން ކުރަމުން އަންނަ ނޭދެވޭކަންކަމާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ ޖަލްސާއެއްކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved