March 15, 2026
Advertisement
.
. / ތޭރަ އޮންލައިން

އަޅުގަނޑު ޖަލަށްލުމަކީ މި ސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯސް: ރައީސް ޔާމީން

Yana Shareef
ޔާނާ ޝަރީފް
Dec 18, 2025, 04:56 AM

2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާނެތީ ޖަލަށްލުމަކީ މި ސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯސްކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ޕީއެންއެފް އިން ބޭއްވި ރީސެޓް ޖަލްސާގެ ބައިވެރިޔަކު އެމަނިކުފާނާ އަމާޒުކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ކުރިމަތިލުމަށް ފުރުސަތު ނުލިބޭނެ ވަރަށް ބައިވަރު ކަންކަން އެބަހުރިކަމަށެވެ. އެގޮތުން ރައީސް ނިޔާވުން، ބުއްދިފިލައި ދިޔުން، މަގާމަށް ކުފޫ ހަމަ ނުވުން، މިފަދަ ހާލަތެއްގައި ހުރިނަމަ ވެރިކަން ނުލިބިދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް ސުވާލަކީ ޖަލު ހުކުމެއް އަތުވެދާނެކަމަށްވާނަމަ، އިރާދަކުރެއްވީ ޖަލު ހުކުމެއް އައުން އެއީ ނެތް ގޮތެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ގާނޫނާއި ޝަރީއަތުގައި، ގާނޫނު ހަމަތަކުގެ މަތިން އަޅުގަނޑުގެ ގައިގައި އަތްލެވޭނެ ހަމައެއް ގޮތެއްވެސް ނޯންނާނެ..ވާނުވާ ބަންދުގެ މައްސަލަ އެންމެ ގާތުން އެނގިވަޑައިގަތީ ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން އަޅުގަނޑަށް ބަންދު ޖަހާލި ހިސާބުން

ރައީސް ޔާމީން

އެމަނިކުފާނު ވިދާޅުވީ ގާނޫނާއި ޝަރީއަތުގައި، ގާނޫނު ހަމަތަކުގެ މަތިން އެމަނިކުފާނުގެ ގައިގައި އަތްލެވޭނެ ހަމައެއް ގޮތެއްވެސް ނޯންނާނެކަމަށެވެ.

ވާނުވާ ބަންދުގެ މައްސަލަ އެންމެ ގާތުން އެނގިވަޑައިގަތީ ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން އެމަނިކުފާނަށް ބަންދުގެ މުއްދަތު ޖެހުމުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ނުކުރާކަމެއް އެނގިވަަޑައިގަންނަވާނީ ހަމަ އެމަނިކުފާނަށް ކަމަށްވިދާޅުވެ ރައީސް ޔާމީން ވަނީ އެހެން ބޭފުޅުންނާ ހިލާފަށް އެމަނިކުފާނު ރާއްްޖެއިން ބޭރަށް ފިލައިގެން ނުދާކަމަށް ވިދާޅުވެފައެވެ.

ކޮށްފައިހުރި ކަންކަމާއި ކުރިމަތިލުމަށް އެމަނިކުފާނަށް ކެރިވަޑައިގަންނަވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved