April 29, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ދެކުނު އީރާނުގެ ހޮރްމުޒް އަށް ބޯކޮށް ވާރޭވެހި އެ ސަރަހައްދުގެ ބީޗް ރަތްކުލައަކަށް ބަދަލުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 19, 2025, 12:01 AM
މާލެ ސިޓީ

މި ހަފްތާތެރޭގައި ބޯކޮށް ވާރޭވެހުމަށްފަހު، އީރާނުގެ ދެކުނުގައިވާ ހޮރްމުޒް އައިލެންޑްގެ ގޮނޑުދޮށެއް ރަތްކުލައަކަށް ބަދަލުވެއްޖެއެވެ.

Advertisement

މި އާދަޔާ ހިލާފު މަންޒަރު ފެނި، އެ ސަރަހައްދުގެ ރައްޔިތުންނާއި ޒިޔާރަތްކުރި ގިނަ ބަޔަކު ހައިރާންކަން ފާޅުކޮށްފައިވާއިރު، މިކަމުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ.

މި ރަތްކުލަ ފެނިގެންދިޔައީ، ވާރޭފެން ޖަޒީރާގެ މުއްސަނދި ރަތް ފަސްގަނޑާ އެއްވެގެންނެވެ. ހޮރްމުޒް އައިލެންޑަކީ ދަގަނޑު ގިނައިން ހުންނަ ސަރަހައްދެކެބެ. ބޯކޮށް ވާރޭވެހި، ފަރުބަދަތަކުން ފަޅުތެރެއަށް ވާރޭފެން އޮހޮރެމުން ދިޔަ ވަރަކަށް، ބިންގަނޑު މޫދަށް ދޮވެ، ގޮނޑުދޮށާއި ކައިރީގައި ހުރި ފެންގަނޑުގައި ރަތްކުލަ ޖެހުނީ ކަމަށް ބެލެވޭ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ގުދުރަތީ ހާދިސާއެއް ކަމަށާއި، މިކަމަކީ ނުރައްކާތެރި ކަމެއް ނޫން ކަމަށެވެ. ހާއްސަކޮށް ވިއްސާރަ މޫސުމުގައި، މީގެ ކުރިންވެސް މިފަދަ މަންޒަރުތައް އެ ޖަޒީރާގައި ހިނގާފައިވާ ކަމަށް އެމީހުން ފާހަގަކުރެއެވެ.

ގިނަ ބަޔަކު ވަނީ ރަތްކުލައިގެ ގޮނޑުދޮށުގެ ފޮޓޯތަކާއި ވީޑިއޯތައް އޮންލައިންކޮށް ހިއްސާކޮށްފައެވެ. މި މަންޒަރަކީ މަދުން ނޫނީ ނުފެންނަ މަންޒަރެއް ނަމަވެސް، މި މަންޒަރަކީ ހޮރްމުޒް އައިލެންޑްގެ ތަފާތު ގުދުރަތީ ރީތިކަން ހާމަކޮށްދޭ އަދި އެރަށަށް ލިބިފައިވާ ޚާއްސަ މާހައުލީ މުއްސަނދިކަން ދައްކުވައިދޭ މަންޒަރެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved