March 15, 2026
Advertisement
މުއިއްޒު
މުއިއްޒު / ވަގުތު.އެމްވީ

މުއިއްޒު އަކީ ލަދެއްވެސް ގަންނަން އެނގޭ މީހެއް ނޫން: ޑރ. ޖަމީލް

Faina Faiz
ފައިނާ ފާއިޒް
Dec 19, 2025, 11:12 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ ލަދެއްވެސް ގަންނަން އެނގޭ މީހެއް ނޫންކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި "ވިރާސީ" ނޫހުން ޝާއިރުކޮށްފައިވާ ވީޑިއޯއެއް ރީޕޯސްޓު ކުރައްވާ ޑރ. ޖަމީލް ވިދާޅުވީ މުއިއްޒު އަތުގައި ރައްޔިތުންނަށް ދޭނެ އެއްވެސް ޖަވާބެއް ނެތްކަމަށެވެ.

ވީޑިއޯގައި ވަނީ ރައީސް މުއިއްޒު މާލެ ސިޓީގެ ގަލޮޅު ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ ތެރެއިން ރައްޔިތަކު ރައީސްއާއި ދެއްކި ވާހަކައިގެ ކްލިޕެކެވެ.

ރައީސްއާއި ވާހަކަ ދައްކަމުން އެބޭފުޅާ ވަނީ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކުގެ ލިސްޓެއް ކިޔާދީފައިއެވެ.

އެގޮތުން، ޓްސާންޕޯޓު މިނިސްޓަރު ވަނީ ތިމަންނަ ބޭނުންފުޅުވަނީ "ޓެކްސީގެ ހިދުމަތް އިންދާލަން ކަމަށެވެ" އަދި ދެން މުއިއްޒު ގެނގުޅުއްވަނީ، އަލީ އާރިފް މެންކަހަލަ ރައްޔިތުންނަށް ގަރުދިޔަ ބޯންދޭމީހެއް ކަމަށެވެ.

ނިކަމެތި ރައްޔިތުން ޖެހެނީ ޚިދުމަތްތައް ހޯދުމަށް ކޮންމެސް ސިޔާސީ އިސްވެރިއެއްގެ ކައިރިން ސަލާން ޖަހަން ކަމަށެވެސް އޭނާ ބުންޏެވެ. އަދި ބޭސްފަރުވާ ހޯދަން ނުލިބުމުގެ ސަބަބުން ޅެމާއި ރައިވަރު ކިޔައިގެން ފަރުވާ ހޯދަންވީތޯ ވެސް އޭނަ ވަނީ ސުވާލު އުފައްދަވާފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved