April 3, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

Yana Shareef
ޔާނާ ޝަރީފް
Dec 20, 2025, 06:30 AM

ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ މީހުން އެ ކަމަށް ސަމާލުވުމަށް އެމްއެންޑީއެފުުން އިލްތިމާސްކޮށްފި އެވެ.

Advertisement

އެމްއެންޑީއެފް އިން ބުނީ އޮޔާ ދަނީ "އިންޓަގްރިޓީ ސްޓާ" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓު އޮޔާދަނީ، ގަމުގެ އިރުން، ގާތްގަނޑަކަށް 48 މޭލު ބޭރުން އިރު ދެކުނަށް ކަމަށް ސިފައިން ބުނެފައިވެ އެވެ.

އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ މީހުން އެ ކަމަށް ސަމާލުކަން ދިނުމަށް ސިފައިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އަދި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޭގެ އިތުރުން މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ، ދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved