ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ގިނަ ދާއިރާތަކަށް ޕްރައިމަރީ ނުބާއްވައި ޕީއެންސީން ޓިކެޓް ބަހާލި އަޑުތަކެއް ފެތުރިއްޖެ އެވެ.
މައުލޫމާތު ލިބުނު ގޮތުގައި އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލީ ރަށްރަށުގައި ވެސް ޕްރައިމަރީ ނުބާއްވައި ޓިކެޓް ވަނީ ހަވާލުކުރަން ނިންމާފައެވެ.
އެގޮތުން ބައެއް ރަށްރަށާއި ދާއިރާތަކަށް ކުރިމަތިލާފައިވާ މީހުންނަށް މަޖުބޫރުކޮށްގެން ބައެއް މަޖިލިސް މެންބަރުން ވަނީ އަނބުރާ ނަން ނަގުވާފަ އެވެ.
ޕްރައިމަރީ ނުބާއްވައި ގިނަ ދާއިރާތަކެއްގެ ޓިކެޓް ހަވާލުކުރަން ނިންމާފައިވާއިރު، މިހާތަނަށް ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ޕްރައިމަރީ މި މަހުގެ 27 ވަނަ ދުވަހު އެ ޕާޓީން ބާއްވާނެކަން ވަނީ އިއުލާންކޮށްފަ އެވެ.
އެހެން ނަމަވެސް އެ ޕްރައިމަރީގައި މާލޭގައި ތިބި އަތޮޅުތަކުގެ ރައްޔިތުންނަށް ވޯޓެއް ނުލެވެ އެވެ.
ހުރިހާ ކަމެއްގައި ވެސް ހުދުމުހުތާރުކޮށް ކަންތައް ކުރުމަކީ ޕީއެންސީގެ އާދައެވެ. ހުރިހާ ރަށެއްގެ ސްޓޭރިން ކޮމިޓީގެ ރައީސުން މުލިއާގެއަށް ހާޒިރުކޮށް ރައީސް މުއިއްޒު ވަނީ "ޕްރައިމަރީއަކަަށް ނުގޮސް ވޭތޯ ބެލުމަށް" އަމުރުކޮށްފައެވެ. އެހެންކަމުން ޑިމޮކްރަސީގެ އެއްވެސް ހަމައެއްލަމައެއް ނެތި ޕްރައިމަރީ ބާއްވަން އެ ޕާޓީން އިއުލާނުކުރިއިރުވެސް ނިންމާފައިވަނީ ތަނބަކަށް ލައިފައި ޓިކެޓް ބެހުމަށެވެ.