March 25, 2026
Advertisement
-
- / ތޭރަ އޮންލައިން

އުއްތަމަ ފަނޑިޔާރު މުޅި ސުޕްރީމް ކޯޓު ޚަރާބު ކުރިމީހާ މިހާރު ފައްޓަރުބައި އަޅައިގެން ގެސްޓްހައުސް ހިންގަނީ: ރައީސް ޔާމީން

Yana Shareef
ޔާނާ ޝަރީފް
Dec 21, 2025, 07:19 AM

ކުރީގެ އުއްތަމަ ފަނޑިޔާރު މުޅި ސުޕްރީމް ކޯޓު ޚަރާބު ކޮށްފައި ފައްޓަރުބައި އަޅައިގެން މިހާރު އުޅުއްވަނީ ގެސްޓު ހައުސް ހިންގެވުމުގައިކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ޕީއެންއެފް އިން އާޓިފިޝަލް ބީޗުގައި ބޭއްވި "ރީސެޓް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ރީސެޓްކުރަން އެންމެ ބޮޑަށް ޖެހެނީ 'ޝަރުއީ ދާއިރާ"ކަމަށާއި އެކަމުގެ އެއް ހެއްކަކީ ސުޕްރީމް ކޯޓުގެ ބެންޗުން ގެއްލިގެންދިޔަ ޓޮޕް ކޮލެޓީ ތިން ފަނޑިޔާރުންކަމަށެވެ.

އެެންމެ ބޮޑަށް ރިސެޓް ކުރަން ޖެހޭނީ ޝަރުއީ ދާއިރާކަމަށް އިޝާރަތް ކުރައްވާ އެމަނިކުފާނު ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުންކަމަށްވާ، ހުސްނުއް ސުއޫދާއި، އަޒްމިރާލްދާ ޒާހިރުގެ އިތުރުން މަހާޒް ޒާހިރު ވަކިކުރުމަށް ސަރުކާރުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ނުފޫޒު ފޯރުވިކަމަށް ވިދާޅުވެ ފާޑުކިޔުއްވާފައެވެ.

މިކަމުގެ އެންމެ ބޮޑު ދައުރެއްް އަދާކުރެއްވީ ކުރީގެ އުއްތަމަ ފަނޑިޔާރުކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާޑުކިޔުއްވާފައެވެ.

އެކަމަކު ކާކަށްތޯ ގެއްލުންވެގެން ދިޔައީ، އެއިން ކޮންމެ ބޭފުޅަކަށް ޕާސަނަލީ ލިބުނު ގެއްލުމެއް އޮވެދާނެ. އެކަމަކު ރައްޔިތުންނަށޭ ގެއްލުންވީ ގެއްލިގެން އެދިޔައީ ޓޮޕް ކޮލެޓީ ތިން ފަނޑިޔާރުން. ޓޮޕް ކޮލިޓީ ތިން ފަނޑިޔާރުންނޭ ގެއްލިގެން މިދިޔައީ،

ރައީސް ޔާމީން

ކޮންމެ މީހެއްގެ މައްޗަށްވެސް ތުހުމަތެއްް ކުރެވިއްޖެނަމަ އޭނާ އަމިއްލަ ނަފުސު ދިފާއުކޮށް ވާހަކަ ދެއްކުމުގެ ފުރުސަތަކީ ގާނޫނު އަސާސީން ވެސް ދީފައިވާ އެއްޗަަކަށްވާއިރު އެފަދައިން އެ ފަނޑިޔާރުންނާ މެދު އަމަލުކޮށްފައި ނުވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ޖަލުގައި ހުންނެވީމަ ކެންޑިޑެސީ ނުލިބޭނެކަމަށް ބުނެ އެ ފަނޑިޔާރުން ކަންތައް ކުރެއްވި ގޮތަކީ އަދި އެހެން ކަމެއްކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އެ ތިން ފަނޑިޔާެރުންނަކީ ވެސް ޓޮޕް ކޮލެޓީ ތިން ފަނޑިޔާރުންކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved