April 22, 2026
Advertisement
މަޖިލިސް މެޖޯރިޓި ލީޑަރ އިބްރާހިމު ފަލާހު
މަޖިލިސް މެޖޯރިޓި ލީޑަރ އިބްރާހިމު ފަލާހު / ތޭރަ އޮންލައިން

ކައުންސިލް އިންތިޚާބުގައި ޕީއެންސީން ޓިކެޓު ބަހާލުމުން ޑރ ޖަމީލް ފާޑުވިދާޅުވެއްޖެ!

Yana Shareef
ޔާނާ ޝަރީފް
Dec 25, 2025, 06:48 AM

ކުރިއަށް އޮތް ލޯކަލް ކަައުންސިލް އިންތިޚާބުގެ ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމަށް އިއުލާނުކުރި ކެންޑިޑޭޓުންނަށް މަޖުބޫރުކޮށްގެން ނަން ނަގުވައި، ބޭނުން ބަޔަކަށް ޕާޓީގެ ޓިކެޓު ބަހާލުމުން ޕީއެންއެފްގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންސީން ކެންޑިޑޭޓުންނާ މެދު މިފަދައިން އަމަލުކުރުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ޕާޓީންވެސް ވަކިވެ، މިކަން މީސްމީޑިއާގައި އިއުލާނުވެސް ކޮށްފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ.ޖަމީލް ވިދާޅުވީ ޑިމޮކްރެސީއެއްގެ އެއްމެ އަސާސީ ޙައްގަކީ ހަމަހަމަ ފުރުސަތު ލިބުންކަމަށެވެ. އެމަނިކުފާނު ޕީއެންސީގެ ވެރިން އަދި ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތާ ދެކޮޅުވިޔަސް މުޅި ރާއްޖޭގައި އެ ޕާޓީގެ އެތައް ހާސް އާއްމު މެމްބަރުންނަށް ލިބިގެންވާ އިންތިޚާބުތަކުގައި ބައިވެރިވުމުގެ ޙައްގު ނިގުޅައިގަތުމާ ދެކޮޅުކަމަށް ވަނީ ޕޯސްޓުގައި ފާހަގަކުރައްވާފައެެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ޑރ. މުއިއްޒު ކަންތައް ކުރެއްވީ މަޖިލީހުގެ އިންތިޚާބުގައި ވެސް ކަންތައް ކުރިގޮތަށްކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.،

ބޭނުން ބަޔަކަށް ޓިކެޓް ބަހާލީކަމަށާއި ނަތީޖާއަކީ އިންތިޚާބުގައި ބައިވެރި ވުމުގެ ފުރުސަތު ޒަމާނުއްސުރެ އެ ފިކުރުގައި ތިބި އެތައް ބަޔަކަށް ގެއްލުންކަމަށް ވެސް ޑރ.ޖަމީލްގެ ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފައެެވެ.

އަދި އެ ފިކުރަށް ދޯޅަނޫން އެތައް ބަޔަކަށް ޓިކެޓް ދިނުމަށް ނިންމާ ހަގީގީ މަސައްކަތްކުރި މީހުން ބާކީކުރިކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved