April 22, 2026
Advertisement
-
- / ބީބީސީ

އެމެރިކާއިން ނައިޖީރިއާގައި އައިއެސްއައިއެލް ހަނގުރާމަވެރިންނަށް ވައިގެ ހަމަލާތަކެއް ދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 26, 2025, 08:13 PM
މާލެ ސިޓީ

އެމެރިކާއިން ނައިޖީރިއާގެ ހުޅަނގުއުތުރުގައި ހަރަކާތްތެރިވަމުން އަންނަ އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ލެވެންޓް (އައިއެސްއައިއެލް) ގެ ހަނގުރާމަވެރިންނަށް ވައިގެ ހަމަލާތަކެއް ދީފައިވާކަމަށް ރިޕޯޓްކޮށްފިއެވެ.

Advertisement

ރިޕޯޓްތަކުން ފާހަގަކުރާ ގޮތުގައި، މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސީދާ އަމުރަކަށެވެ. އެފްރިކާގެ ދިފާއީ ބާރުން ވެސް ވަނީ އެމެރިކާއިން މި ހަމަލާދީފައިވާކަން ކަށަވަރުކޮށްދީފައެވެ.

އެފްރިކާގެ ދިފާއީ ބާރުން އިތުރަށް ބުނީ، ނައިޖީރިއާގެ ހުޅަނގުއުތުރުގައި އޮންނަ ސޮކޯޓޯ ސްޓޭޓްގައި ހަރަކާތްތެރިވާ ނިރުބަވެރިންނަށް އަމާޒުކޮށް، އެގައުމުގެ އެދުމުގެ މަތިން އެމެރިކާއިން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. މި ހަމަލާތަކުގައި އައިއެސްއައިއެސްގެ އެކި އަމާޒުތައް ނައްތާލެވިފައިވާ ކަމަށް ނައިޖީރިއާއިން ވަނީ ހާމަކޮށްފައެވެ. ނައިޖީރިއާގެ ފޮރިން މިނިސްޓްރީން ބުނީ، އެމެރިކާއިން އެ ހަމަލާދިންއިރު އާއި އަދި މިހާރު ވެސް އެގައުމުން ދަނީ އެމެރިކާއެކު މި ހަމަލާއާއި ގުޅޭގޮތުން މަޝްވަރާތައް ދައްކަމުން ކަމަށެވެ.

ނައިޖީރިއާގެ އެދުމުގެ މަތިން އެމެރިކާއިން މި ހަމަލާދީފައިވާއިރު، އެމެރިކާއިން ވަނީ އައިއެސްއައިއެސްއިން ދަނީ އެގައުމުގައި ތިބި ޔަހޫދީންނާއި، މުސްލިމުން މަރަމުން އަންނަ ކަމަށް ބުނެފައެވެ. ނަމަވެސް، މި ދައުވާ ނައިޖީރިއާއިން ވަނީ އެއްކޮށް ދޮގުކޮށްފައެވެ.

މި ހަމަލާތަކުން ދައްކުވައިދެނީ، ނިރުބަވެރި ޖަމާޢަތްތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެމެރިކާއާއި ނައިޖީރިއާއާ ދެމެދު އެފަދަ ނިރުބަވެރި ޖަމާޢަތްތައް ނައްތާލުމަށް އޮތް ގުޅުން ހާމަވެގެންދާ ކަމެވެ. މި ހަމަލާއަކީ ނައިޖީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް ދެވުނު މުހިންމު ހަމަލާއެއް ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved