theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން
ހަބަރު
އެޗްއާރްސީއެމްއިން ރާއްޖޭގައި އެހެން ދީންތައް އޮންނަން ފެނޭތޯ ކުރި ސާވޭއަށް ރައީސް ޔާމީންގެ ނުރުހުން: އެއީ ކޮށްގެންވާނެ ސުވާލެއްވެސް ނޫން
Aiminath Zawjah
އައިމިނަތް ޒަޢުޖާ
27 ޑިސެމްބަރު 2025
މާލެ ސިޓީ

ރާއްޖޭގައި އެހެން ދީންތައް އޮންނަން ފެނޭތޯ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުރި ސާވޭއަކާ ގުޅިގެން، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރައްވައިފިއެވެ.

އެ މަނިކުފާނު މިކަން ހާމަކުރެއްވީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ، އެއީ ރާއްޖޭގެ ޤާނޫނު އަސާސީއާއި އިސްލާމީ ޝަރީޢަތާ ޚިލާފު ސުވާލެއް ކަމަށާއި، އެފަދަ ސުވާލެއް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އެޗްއާރްސީއެމްއިން ކުރި މި ސާވޭގައި ހިމަނާފައިވާ ވަރަށް ގިނަ ސުވާލުތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ، "ރާއްޖޭގައި އެހެން ދީންތައް އޮންނަން ފެނޭތޯ" ކުރެވިފައިވާ ސުވާލަށެވެ. މި ސުވާލަކީ ޤައުމުގެ އަސާސީ ޤާނޫނާއި ދިވެހި މުޖުތަމަޢުގެ ދީނީ އަސާސްތަކާ ފުށުއެރޭ ސުވާލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. މި ސާވޭއަކީ ރާއްޖޭގައި އިންސާނީ ހައްޤުތަކުގެ ހާލަތު ދެނެގަތުމަށް ކުރެވުނު ސާވޭއެއް ކަމަށް އެޗްއާރްސީއެމް އިން ބުނެފައި ވެއެވެ.

ރައީސް ޔާމީން ވަނީ އެޗްއާރްސީއެމްގެ މި ސާވޭއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި، ޤާނޫނު އަސާސީގައި އެކަން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ދިވެހި ރައްޔިތަކަށް ވާންވާނީ މުސްލިމަކަށް ކަމަށް ވެސް ޤާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން، ރާއްޖޭގައި އެހެން ދީންތައް އޮންނަން ފެނޭތޯ ސުވާލު ކުރުމަކީ ޤާނޫނު އަސާސީއަށް ފުރައްސާރަ ކުރުމެއް ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މިވަރު ކުޑަކުޑަ ގައުމެއްގައި މިކަހަލަ ކަންތައްތަކަށް ޖާގަ ދިނީމަ ހަމައެކަނި ދީނަކަށް ނޫން ފުށުއަރާނީ، އަޅުގަނޑުމެންގެ ސަގާފަތާއި ގަބޫލުކުރާ އެތައް އުސޫލުތަކެއް އެކޮޅުން މިކޮޅަށް ޖެހޭނެ. އެހެންވީމާ މިކަމަށްވެސް ރީސެޓް ވާންޖެހޭނީ އިގޭތޯ

- ރައީސް ޔާމީން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ދިވެހި ޤައުމުގެ އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި، އިސްލާމް ދީނުގެ ހުރިހާ އަސާސެއް ދެމެހެއްޓުން މުހިންމު ކަމަށެވެ. އެހެން ދީންތައް ރާއްޖޭގައި ހިނގަން ފުރުސަތު ދިނުމަކީ ޤައުމީ ރޫހާއި ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް އެ މަނިކުފާނު ސިފަކުރެއްވިއެވެ. މިފަދަ ސުވާލުތައް ކުރުމުގެ ބޭނުމަކީ ޤައުމުގެ އެއްބައިވަންތަކަން ކަނޑުވައިލުން ކަމަށް ވެސް އެ މަނިކުފާނު ތުހުމަތުކުރެއްވިއެވެ.

އެޗްއާރްސީއެމްގެ މި ސާވޭއާ ގުޅިގެން އާއްމުންގެ ފަރާތުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމިއޮންނަން ޖެހެއެވެ. އެހެންކަމުން މިފަދަ ސުވާލުތައް ކުރުމަކީ އިސްލާމް ދީނުގެ ޝިޢާރުތަކަށް ނުރައްކާވާނެ ކަމެކެވެ. މިކަމާ ގުޅޭގޮތުން އެޗްއާރްސީއެމް އިން މިހާތަނަށް އިތުރު ބަހެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved