theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
މޭޔަރ މުއިއްޒު އޭރުގެ ކައުންސިލަރުންނާ އެކު / މާލެ ސިޓީ ކައުންސިލް
ސިޔާސީ
ރައީސް މުއިއްޒު ދައްކާ މީހަކު ހޮވަން ނުޖެހޭކަން ކޮންމެ ދިމާއަކުން ދަނީ ފެންނަމުން: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
31 ޑިސެމްބަރު 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ދައްކާ މީހަކު ހޮވަން ނުޖެހޭކަން ނަޒަރު ހިންގާލާ ކޮންމެ ދިމާއަކުން ދަނީ ފެންނަމުން ކަމަށް ކުރީގެ ނައިބު ރައީސް، އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، 18 ގޮނޑީގެ ތެރެއިން އިން 14 ގޮނޑީީގައި ޕީއެންސީ ކައުންސިލަރުން މާލެ ސިޓީ ކައުންސިލްގައި ތިބެމެ ކައުންސިލްގެ ޖަލްސާތައް ބޮއިކޮޓުކޮށް ކޯރަމް ގެއްލުވާލަމުންދާތީ ނުުރހުން އަމާޒުކުރައްވާފައެވެ.

އެގޮތުން ކައުންސިލަރ ސައިފް ފާތިހު ހިއްސާކުރައްވާފައިވާ އެކްސް ޕޯސްޓެއް ރީޓްވީޓު ކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ވަރަށް ސާފުކޮށް ފެނިގެން ދަނީ ރައީސް މުއިއްޒު ކުޅޭ ކުޅިގަނޑު ކަމަށާ ރައްޔިތުންގެ ޓެކްސްގައި ޙަލާލު ނޫން މުސާރަ ނަގައިގެން ތިބި ޕީއެންސީގެ ކައުންސިލަރުންނަކީ ރައްޔިތުންގެ ދުޝްމަނުން ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މިހާރު މުޅި ރާއްޖެއިން ރައީސް މުއިއްޒު ދައްކާ ކޮންމެ މީހަކަށް ބޮޑުތަނުން ނޫނެކޭ ބުނަންޖެހޭ ސަބަބު ފެނިގެންދާ ކަމަށް ވެސް ވިދާޅުވެފައެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، މާލޭ ބިމުގެ ދަފްތަރުން ފެށިގެން ކޯޓުގައި ހުރި މައްސަލަތައް ހިމެނޭހެން، އެޖެންޑާގައި ފުނިޖެހިފައި ޑަޒަނަކަށްވުރެ ގިނަ މައްސަލަ ހުރިކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން ބިމާ ބެހޭ މައްސަލައެއް އެޖެންޑާ ކުރާ ދުވަހެއް ނަމަ ޚާއްސަކޮށް ޕީއެންސީ ކައުންސިލަރުން ޖަލްސާ ބޮއިކޮޓުކޮށް ކޯރަމް ގެއްލުވާލައެވެ. އެއީ ރައީސް މުއިއްޒު މޭޔަރުކަމުގައި ހިންގަވާ މާލޭގެ ބިމުން ކޮށްފައިވާ ވައްކަންތއް ހާމަވެދާނެތީ ސީދާ އެމަނިކުފާނުގެ އެންގެވުމަށް ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ޕީއެންސީ ކައުންސިލަރުން ހޮވުމަށް ރައީސް މުއިއްޒާ ސަރުކާރުގެ އިސް ބޭފުޅުންވެސް ކެމްޕެއިން ކުރަމުންދަނީ ސަރުކާރު ތަމްސީލުކުރާ ކައުންސިލަރުން ތިބުމުން ތަަރައްގީ ގެންނަން ފަސޭހަވާނެ ކަމަށް ބުނަަމުންނެވެ. ނަމަވެސް އެއީ ސަރުކާރުން ބޭނުންވާ ޖަރީމާތައް ހިންގަން މަގު ފަހިކުރަން ހޯދަން އުޅޭ މެޖޯރިޓީއެއް ކަމަށް ގިނަ ރައްޔިތުން ތުހުމަތުވެސް ކުރެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved