March 15, 2026
Advertisement
ރައީސް ޔާމީންގެ ދެކަނބަލުން
ރައީސް ޔާމީންގެ ދެކަނބަލުން / ސޯޝަލް މީޑިއާ

މީލާދީ އައު އަހަރުގެ ތަހުނިޔާ ރައީސް ޔާމީންގެ ދެކަނބަލުން އަރިސްކުރައްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jan 1, 2026, 06:26 AM
މާލެ ސިޓީ

ފެށުނު މީލާދީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ދެ ކަނބަލުން އަރިސްކުރައްވައިފިއެވެ.

Advertisement

2026 ވަނަ އަހަރު ފެށުމުގެ ތަހުނިޔާ އަރިސްކުރައްވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ކުރިއަށް އޮތް އަހަރަކީ ރައްޔިތުންނަށް ފައިދާ ކުރުވަނިވި ގޮތަކަށް ސަރުކާރުން ކަންކަން ކުރުމަށް ބާރު އެޅުމަށް އިތުރު ހިތްވަރަކާ އެކު ރައްޔިތުން ނުކުންނަން ޖެހޭ އަހަރެއް ކަމަށެވެ.



މީގެ އިތުރުން ދީނާ ގައުމާ މިނިވަންކަމުގެ ދިފާއުގައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށް ތައްޔާރަށް ތިބުމަށްވެސް ރައީސް ޔާމީން ވަނީ ދިވވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ގޮވާލައްވާފައެވެ.



އަދި ހަމަ އެހެންމެ 2023 ވަނަ އަހަރު ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވީ ވައުދު ފުއްދާ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގެ ތެރެއިން އުފާވެރި ދިރިއުޅުމެއް ހޯދޭނެ ފަދަ ގާބިލު ބައެއްގެ ގޮތުގައި ހެދުމަށް ބޭނުންވާ ކަންކަން ސަރުކާރުގެ ތެރެއިން ފަހިކޮށް ރައްޔިތުންނަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށް ވީ ވައުދު ފުއްދުމަށް ސަރުކާރުގެ ވެރިންނަށްވެސް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ.



މީގެ އިތުރުން 2026 ވަނަ އަހަރަކީ 2025 ވަނަ އަހަރާ ޚިލާފަށް ދިވެހިންނަށް ތިޔާގި އަހަރެއްކަމުގައި ލައްވާ ދިވެހިންނަށް ރައްކާތެރިކަމާ އަމާންކަން ދެއްވުމަށް އެދި ދެކަނބަލުންގެ ފަރާތްޕުޅުން ދުއާކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved