May 1, 2026
Advertisement
އަހްމަދު ޝާހް
އަހްމަދު ޝާހް / ތޭރަ އޮންލައިން

ރައީސް ޔާމީނަކީ މި ސަރުކާރުގެ ބައިވެރިއެއް، ދޮގެއް ނުކުރެވޭނެ: ޝާހް

Aishath Naja
އައިޝަތު ނަޖާ
Mar 6, 2024, 04:10 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ މި ސަރުކާރުގެ ފުރިހަމަ ބައިވެރިއެއް ކަމަށް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބްގައި ނައިފަރު ދައިރާގެ ގޮނޑިއަށް ރައީސް ޔާމީންގެ ތާއިދާއެކު އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަހްމަދު ޝާހް ވިދާޅުވެއްޖެއެވެ.

Advertisement

ޝާހް މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް 13 ގެ އަދާހަމަ ލައިވް ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ޝާހް ވިދާޅުވީ މި ސަރުކާރުން މިހާ ހިސާބަށް ރައްޔިތުން ބަލައިގަތީ ރައީސް ޔާމީންގެ ވިސްނުންފުޅާ،ފިކުރުފުޅާ އެމަނިކުފާނުގެ ހުރި ޝަހުސިއްޔަތު އެންމެ ބޮޑަށް ވިއްކުމުންކަމަށެވެ.

ރައްޔިތުން ރައީސް ޔާމީން ބަލައިގަތީ ވެސް އެއްވެސް ސަބަބެއް ނެތި ނޫންކަމަށްވެސް ޝާހް ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީނަކީ ކޮންމެ ގޮތެއް ވިޔަސް މި ސަރުކާރުގެ ބައިވެރިޔެއް. މި ސަރުކާރު ރައްޔިތުން ބަލައިގަތީ ރައީސް ޔާމީންގެ ވިސްނުންފުޅާ، ފިކުރުފުޅާ، އެމަނިކުފާނުގެ ޝަހުސިއްޔަތު އެންމެ ބޮޑަށް ވިއްކުމުން

ޝާހް

އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް ލިބުނު ކުޑަ ދައުރުގައި ވެސް އެމަނިކުފާނު ރައްޔިތުންގެ ހައްގުގައި ވެރިކަން ކޮށްދެއްވިކަމަށެވެ.

އޭގެއިތުރުންވެސް ޝާހް ވިދާޅުވީ އެމަނިކުފާނުގެ ސަބަބުން ވެރިކަމަށް އައި ބަޔަކު މިއަދު އެންމެ އިސްކަމެއް ދޭން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން އެމަނިކުފާނު މިނިވަންކުރުންކަމަށެވެ.

ކޮމެންޓު
ކޮމެންޓްތައު
SS
Mar 6, 2024, 05:32 AM
V True
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved